ދިވެހިރާއްޖެ
އިޢުލާން
މިއޮފީހުގެ މުވައްޒަފުން ބޭތިއްބުމަށް އެއްކޮޓަރީގެ ގެއެއް ނުވަތަ އެޕަރޓްމެންޓެއް ކ.ތުލުސްދޫއިން ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2017/02 އިޢުލާނަށް މަޢުލޫމާތު ސާފުކުރަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 28 ފެބުރުވަރީ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކ.ތުލުސްދޫ ކަސްޓަމްސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗު 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކ.ތުލުސްދޫ ކަސްޓަމްސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
24 ޖުމާދަލްޢޫލާ 1438
21 ފެބުރުވަރީ 2017