ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މި ދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތުގެ މުއްދަތު: 6 މަސްދުވަސް
މުސާރަ: މަހަކު 2050.00 (ދެހާސް ފަންސާސް) ރުފިޔާ
ގިންތި: ވަގުތީ
މަސައްކަތް ކުރަންޖެހޭ ވަގުތު: ރަސްމީ ކޮންމެ ދުވަހަކު 3 ގަޑިއިރު
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :
- ޓިވެޓް އޮތޯރިޓީގެ އިމާރާތް ފޮޅާ ސާފުކުރުމާއި ފާޚާނާތައް ސާފުކޮށް ރީތިކޮށް ބެލެހެއްޓުން
- އުކާލަންޖެހޭ ކުނިތައް އުކާލުމަށްޓަކައި ޑަސްބިނަށް އަޅާ ކުނި އުކާލަން ބަހައްޓަންޖެހޭ ސަރަހައްދަށް ގެންދިއުން
- ޖަލްސާތަކަށާއި ޓިވެޓް އޮތޯރިޓީއިން ބައިވެރިވާ އެހެނިހެން އިވެންޓްތަކުގައި ޓިވެޓް އޮތޯރިޓީގެ މުވައްޒަފުންނާއި ބައިވެރިވެގެން މަސައްކަތް ކުރުން
- ސިޓީއާއި އެހެނިހެން ތަކެތި ބެހުން
- މީގެއިތުރުން މަގާމާއި ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން
މަގާމުގެ ޝަރުތު
- ލިޔަންކިޔަން ދަތުމާއި މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ގާބިލުކަން ލިބިގެންވުން
- ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު
އިންޓަވިއުކުރުން:
- މި މަގާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 10 މާރިޗު 2017 އާއި 15 މާރިޗު 2017އާ ދެމެދުގެ ތާރީޚެއްގައި ޓިވެޓް އޮތޯރިޓީގައެވެ.
- ވަޒީފާއަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 06 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. މި ފޯމް ޓިވެޓް އޮތޯރިޓީގެ ވެބްސައިޓުންނާއި އަދި ޓިވެޓް އޮތޯރިޓީއިން ލިބެން ހުންނާނެ އެވެ. ޓިވެޓް އޮތޯރިޓީގެ ވެބްސައިޓްގެ އެޑްރެހަކީ www.tvet.gov.mv އެވެ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- އަދާކޮށްފައިވާ ވަޒީފާ ނުވަތަ ވަޒީފާތަކުގެ ލިޔުންތައް
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ހ. ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯ) އަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 05 މާރިޗު 2017 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.
- ވަޒީފާއަށް އެދޭ ފޯމާއި އަދި އެހެނިހެން ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ info@tvet.gov.mv އެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3347422 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
25 ޖުމާދަލްޢޫލާ 1438