ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ށ.ފޭދޫއިން ބައެއް ވެހިކަލް ހދ.ނޭކުރެންދޫ، ހދ.ކުޅުދުއްފުށި އަދި ރ.ކިނޮޅަހަށް ގެންދިއުމަށް ލޭންޑިންގް ކްރާފްޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
މަސައްކަތުގެ ތަފްސީލް
ހ- ށ.ފޭދޫއިން 01 އެކްސްކަވޭޓަރ ހދ.ކުޅުދުއްފުއްޓަށް ގެންދިއުން.
ށ- ށ.ފޭދޫއިން 01 ކޮމްޕެކްޓަރ، 01 ޑަމްޕްލޮރީ، 01 ޓްރެކްޓަރ އަދި 01 ޑަބަލް ކެބް ހދ.ނޭކުރެންދޫއަށް ގެންދިއުން.
ނ- ހދ.ނޭކުރެންދޫއިން 01 ޑަމްޕް ލޮރީ ހދ.ކުޅުދުއްފުއްޓަށް ގެންދިއުން.
ރ- ށ.ފޭދޫއިން 01 އެކްސްކަވޭޓަރ (350ގެ) 01 ލޯޑަރު ރ.ކިނޮޅަހަށް ގެންދިއުން.
ހުށަހަޅަންވީ ތަކެތި
ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)
ށ- މަސައްކަތުގައި ފާއިތުވެދިޔަ 05 އަހަރު ދުވަހު ލިބިފައިވާ ތަޖުރިބާ (މި ގޮތުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2017 ގެ މި ދުވަހުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރު ތެރޭ ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތާއި ގުޅޭގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.) މި ގޮތުން މާކްސް ދެވޭނީ ގިނަވެގެން 03 ލިޔުމަށެވެ.
އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް
ހ- އަގު: 60 ޕޮއިންޓް
ޕޮއިންޓް = {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު) 60X}
ށ- ސައިޒު (ޓަނޭޖް): 30 ޕޮއިންޓް
ޕޮއިންޓް = (އެންމެ ބޮޑު ސައިޒް/ (ހުށަހެޅި ސައިޒް) x 30)
ނ- މަސައްކަތު ތަޖުރިބާ: 10 ޕޮއިންޓް
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕަބްލިކް ވަރކްސް ސަރވިސަސް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ބިޑު ހުޅުވުން:
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 07 މާރިޗް 2017 ވާ އަންގާރަ ދުވަހުގެ 13:30 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 މާރިޗް 2017 ވާ އަންގާރަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.
02 ޖުމާދުލްއާޚިރާ 1438