ށ. ނަރުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އައު އެއަރކޮންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

އެއަރ ކޮންޑިޝަން ނައްޓައި އައު އެއަރ ކޮންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުން

                  މިކޯޓުގެ ނަންބަރު 01/2017/C8C (08 ފެބްރުވަރީ 2017) އިޢުލާން އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، މިކޯޓްގައި  ބަހައްޓާފައި ހުރި 9000 ބީޓީޔޫގެ 02 އެއަރ ކޮންޑިޝަނާއި 24000 ބީޓީޔޫގެ 2 އެއަރކޮންޑިޝަން ނައްޓައި އައު އެއަރ ކޮންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

                  ވީމާ، އަމިއްލަ ތަކެތީގައި  މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 މާރިޗް 2017ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 16 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެންދެއްވުންއެދެމެވެ.

            މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ  އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުންޏެއްގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

            03 ޖުމާދަލްއާޚިރާ  1438

            02 މާރިޗް    2017    

02 މާރިޗު 2017
ހޯދާ