މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
އިޢުލާން

މި ސްކޫލްގެ ސައިންސް ލެބުގައި ކަބަޑުސެޓެއް ޖެހުމާއި ގުޅޭ

  މިސްކޫލުންދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް، އަމިއްލަތަކެތީގައި މި ސްކޫލުގެ ސައިންސް ލެބުގައި ކަބަޑުސެޓެއް ޖަހައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 2017 މާރޗް 15 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި މި ސްކޫލުގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2017 މާރޗް 22 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި މި ސްކޫލުގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ހޮވުމަށް ޕޮއިންޓް ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. މަސައްކަތުގެ އަގު: 65 ޕޮއިންޓް.
  2. މަސައްކަތް ނިންމުމަށް ހުށައަޅާ މުއްދަތު: 25 ޕޮއިންޓް.
  3. މަސައްކަތުގެ ތަޖުރިބާ: 5 ޕޮއިންޓް.
  4. މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލްކަމަށް: 5 ޕޮއިންޓް.

  މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

12 މާރިޗު 2017
ހޯދާ