މަޤާމް:
|
ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-257255
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ސަޕޯޓް އޮފިސަރ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް. 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ސެކްޝަން:
|
ރިހެބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން ސަރވިސަސް ސެކްޝަން
|
މަޤާމް އޮތް އޮފީސް:
|
ޖުވެނައިލް ޖަސްޓިސް ޔުނިޓު
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޖުވެނައިލް ޖަސްޓިސް ޔުނިޓު / ކ. މާލެ
|
މުސާރަ:
|
މަޤާމުގެ މުސާރަ: މަހަކު 6,295.00ރުފިޔާ، މުވައްޒަފަށް ލިބޭނެ މުސާރަ: މަހަކު 6,295.00ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު 2,000.00ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު 2,203.25ރުފިޔާ (އަސާސީ މުސާރައިގެ %35)
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
|
މަޤާމުގެ ޝަރުޠުތައް:
|
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެމަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން، ނުވަތަ
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގެ މަސައްކަތާ ގުޅޭ ދާއިރައަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލެ 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޔުނިޓަށް ހުށަހެޅޭ ޔަވާން ގުނާވެރިން (ޤާނޫނާ ޚިލާފު ކުށްކުރާ 18 އަހަރުން ދަށުގެ ކުޑަކުދިން) ގެ މައްސަލަތަކުގައި، އެ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތް ކުރުން
- ވޭދަނައިގެ މަސައްކަތްކުރާ ޚިދުމަތްތެރިން (ކޭސް ވަރކާސް) ގެ މަސައްކަތްތައް ސުޕަރވައިޒް ކުރުން
- ކުށްކުރާ ކުދިންގެ މައްސަލަތަކުގައި ޤަވައިދުން ހޯމްވިޒިޓް ކުރުމާއި ސުޕަރވައިޒްކުރުން
- އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި (އެތަންތަނަށް ގޮސް މަޢުލޫމާތު ނަގަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ) އެރަށަކަށް ގޮސް ވޭދަނައިގެ (ކޭސް ވަރކް) މަސައްކަތްކުރުން
- ކޯޓްގައި ހިންގާ ކުޑަކުދިންގެ ޝަރީޢަތްތައް އަޑުއެހުމާއި، ވޭދަނަ ސިންތާ (ކޭސް ކޮންފަރެންސް) ތަކުގައި ބައިވެރިވުމާއި ކޯޓުންނާއި އެހެނިހެން މުވައްސަސާތަކުން ބޭނުންވާ އެސެސްމަންޓާއި ސޯޝަލް އިންކްއަރީ ރިޕޯޓް ހެދުން
- ޔަވާން ގުނާވެރިންނަށް ވަސޭހަތް (ކައުންސެލިންގ) ދިނުން
- ޔަވާން ގުނާވެރިންނާ ބެހޭ ގޮތުން ވޭދަނަ ސިންތާ (ކޭސް ކޮންފަރެންސް) އާއި ވިލީ ސިންތާ (ކޮމިއުނިޓީ ކޮންފަރެންސް) ބޭއްވުމުގެ މަސައްކަތް އިންތިޒާމްކުރުން
- ކުށްކުރާ ކުދިންނަށް ޝަރުޢީ ނިޒާމުން ބޭރުން ބަދަލު ޕްރޮގްރާމް (ޑައިވަރޝަން ޕްރޮގްރާމް) ހިންގުން
- އިޞްލާޙުކުރުމަށްޓަކައި މުޖުތަމަޢުން އެކަހެރިކުރެވޭ ކުދިންނާއި ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ޖަލުގައި ހައްޔަރުކޮށްފައި ތިބޭ ކުދިން މޮނިޓަރކުރުމާއި، އެކުދިންނަށް ސައިކޯ ސޯޝިއޯ ސަޕޯޓް ދިނުމާއި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުން
- އިޞްލާޙީ މަރުކަޒަށް ފޮނުވަންޖެހޭ ކުދިންގެ އިޖުރާޢާތުތައް ބެލެހެއްޓުން
- އިޞްލާޙީ މަރުކަޒަށް ފޮނުވަންޖެހޭ ކުދިންގެ ޕްރޮގްރެސް ރިޕޯޓް ހެދުން
- ވޭދަނައިގެ މަސައްކަތުގެ ސްޓެޓިސްޓިކްސް ބެލެހެއްޓުން
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަން ދިނުން
|
މަޤާމް:
|
ސޯޝަލް ސަރވިސް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-257259
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ސަޕޯޓް އޮފިސަރ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް. 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ސެކްޝަން:
|
ރިހެބިލިޓޭޝަން އެންޑް ރީއިންޓިގްރޭޝަން ސަރވިސަސް ސެކްޝަން
|
މަޤާމް އޮތް އޮފީސް:
|
ޖުވެނައިލް ޖަސްޓިސް ޔުނިޓު
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ޖުވެނައިލް ޖަސްޓިސް ޔުނިޓު / ކ. މާލެ
|
މުސާރަ:
|
މަޤާމުގެ މުސާރަ: މަހަކު 5,610.00ރުފިޔާ، މުވައްޒަފަށް ލިބޭނެ މުސާރަ: މަހަކު 5,610.00ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު 2,000.00ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު 1,963.50ރުފިޔާ (އަސާސީ މުސާރައިގެ %35)
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
|
މަޤާމުގެ ޝަރުޠުތައް:
|
- ސޯޝަލޮޖީ / ސޯޝަލް ވަރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ސޯޝަލޮޖީ / ސޯޝަލް ވަރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސޯޝަލޮޖީ / ސޯޝަލް ވަރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،
- ސޯޝަލޮޖީ / ސޯޝަލް ވަރކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލަތަކުގެ ރިފަރަލްތަކަށް ޢަމަލުކުރުމާއި ކޯޓް އޯޑަރުތައް ތަންފީޒުކުރުމުގެ އިތުރުންވެސް އޮފީހުގެ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި، އެތަންތަނަށް ގޮސް މަޢުލޫމާތު ނަގަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެތަންތަނަށް ދަތުރުކޮށް ވޭދަނައިގެ މަސައްކަތްކުރުން.
- ކުޑަކުދިންނާބެހޭ ކޯޓުތަކުގައި ހިންގާ ޝަރީޢަތްތައް އަޑުއެހުމާއި، ވޭދަނަ ސިންތާތަކުގައި ބައިވެރިވުމާއި ކޯޓްތަކަށް ބޭނުންވާ އެސެސްމަންޓްތައް ހެދުން.
- ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ޝަރުޢީ ނިޒާމުން ބޭރުގައި ބަދަލު ޕްރޮގްރާމް ހިންގުން.
- ބަންދުގައި ތިބޭ ކުދިންނަށް ލައިފް ސްކިލްސް ފަދަ ސެޝަންތައް ނެގުމާއި، ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ވަސޭހަތްދިނުމުގެ ސެޝަންތައް ހިންގުމާއި ހޯމް ވިޒިޓް ހެދުން.
- ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާބެހޭ ގޮތުން ވޭދަނަ ސިންތާއާއި ވިލީ ސިންތާކުރުން.
- އިޞްލާޙު ކުރުމަށްޓަކައި މުޖުތަމަޢުއަށް އެކަހެރިކުރެވޭ ކުދިންނާއި ޙުކުމް ތަންފީޒުކުރުމުގެގޮތުން ޖަލުގައި ހައްޔަރުކޮށްފައިތިބޭ ކުދިންގެ ޙާލަތު މޮނިޓަރ ކުރުމާއި، ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އެހީތެރިކަން ދިނުން.
- ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާބެހޭ މުވައްސަސާތަކުން ހުށަހެޅޭ ރިފަލްތަކުގައި ހިމެނޭ ކުދިންގެ އެސެސްމަންޓް ނުވަތަ ސޯޝަލް އިންކުއަރީ ރިޕޯޓް ހެދުން.
- ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ބަދަލު ޕްރޮގްރާމް ހިންގުމާއި، އާފްޓަރ ކެއަރ ބެލެހެއްޓުން.
- ޤާނޫނާއި ޤަވާއިދާ ޚިލާފުވާ އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މުޖުތަމަޢުއިން އެކަހެރި ކުރަންޖެހޭ ކުދިންގެ އިޖުރާއަތުތައް ފުރިހަމަކުރުމާއި އެކުދިންގެ ޙާލަތު މޮނިޓަރކުރުމާއި ޕްރޮގްރެސް ރިޕޯޓް ހެދުން.
- އެކަހެރި ކުރެވޭ ކުދިން ސެންޓަރުގައި ތިބޭއިރު، އެކުދިންގެ ބެލެނިވެރިން، އެކުދިންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- އެކަހެރި ކުރެވޭ ކުދިންގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ނިމުމުން އެކުދިން އަނބުރާ މުޖުތަމަޢުއަށް ފޮނުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޔުނިޓަށް ހުށަހެޅޭ ކުޑަކުދިންގެ މައްސަލަތަކާއި ބެހޭ ފައިލްތައް ބެލެހެއްޓުން.
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން) %38
- އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5
- މަސައްކަތުގެ ތަޖުރިބާ (ވަޒީފާއާގުޅޭ ތަޖުރިބާ/އެހެނިހެން ތަޖްރިބާ)
- ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް) %43
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.homeaffairs.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މާރިޗު 28 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، hr@homeaffairs.gov.mv އެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާނު އޮންނާނީ، 2017 އެޕްރީލް 02 އާއި 13 އާ ދެމެދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
ޖުމްލަ %30 (ތިރީސް އިންސައްތަ)
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ hr@homeaffairs.gov.mv އަށެވެ.
|