ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ' ދިވެހިރާއްޖެ
އިޢުލާން ނަންބަރ:H-2017/75
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދައުވަތު
މި ކުންފުނީގެ މުވައްޒަފުންނަށް އެއްއަހަރު ދުވަހުގެ މުއްދަތަށް ހެލްތް އިންޝުއަރެންސްގެ ހިދުމަތް ދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 30 މާރިޗު 2017 (ބުރާސްފަތި) ދުވަހުގެ 10:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފްޞީލް:
ޕޮއިންޓް 90 އަގަށް:
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 90X
ތަޖުރިބާ: 10 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
- ހުށަޅާފައިވާ އަންދާސީ ހިސާބު ބާތިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު:H-2017/75
ބިޑް ހުޅުވުން:
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 6 އޭޕްރިލް 2017 ވާ (ބުރާސްފަތި) ދުވަހުގެ 11:30 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީ ހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 6 އޭޕްރިލް 2017 ވާ (ބުރާސްފަތި) ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
22 ރަބީޢުލްއާޙިރު 1438
ނޯޓް:
- މި އިޢުލާނާގުޅިގެން ބިޑް ކުރައްވާ ފަރާތްތަކުން މިކުންފުނީގެ ވެބް ސައިޓް www.stelco.com.mv ގައި ޝާއިއުކުރެވިފައިވާ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަންދެއްވައި ބިޑްކުރައްވާ އިރު އެކަންތައްތައް ފުރިހަމަކުރައްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްprocurement@stelco.com.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
2017-03-21