ދިވެހިރާއްޖެ
ރަތްމަންދޫ ސުކޫލް
މ.ރަތްމަންދޫ /ދިވެހި ރާއްޖެ ނަންބަރ:(IUL)GS-164-2017/01
ވަޒީފާގެ ފުރުޞަތު
މަޤާމް: |
އެޑްމިނިސްޓްރޭޓިވ އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-257612 |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ޖީ.އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
އެޗް.އާރް ސެކްޝަން |
މަޤާމް އޮތް އޮފީސް: |
ރަތްމަންދޫ ސުކޫލް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ރަތްމަންދޫ ސުކޫލް |
މުސާރަ: |
-/4465 ރުފިޔާ |
ސަރވިސް އެލެވަންސް: |
-/1500 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔާތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތް) ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ލިބޭނެއެވެ. އަދި، ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. |
ދާއިރާ |
ޝަރުޠު |
|
އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް އިންފޮމޭޝަން ޓެކްނޮލޮޖީ ހިއުމަން ރިސޯސް މެނޭޖްމެންޓް
|
އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖެމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބިތައް |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
.ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.1
2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ..6
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ..
8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
މެރިޓް ޢުސޫލުން އެންމެ މަތީ މާރަކްސްއެއް ލިބޭ ފަރާތެއް..1
ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު..2
މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.3
ޝޯޓް ލިސްޓްކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތުއުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަރވިއު ކުރުން
1. އިންޓަރވިއު، އިއުލާންގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 5 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނި މި ސުކޫލް ގައެވެ.
2. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
*މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
-ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ރަތްމަންދޫ ސުކޫލުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް ލިބެއް ހުންނާނެއެވެ. އަދި މި ފޯރމް ސިވިލްސަރވިސްގެ ވެބްސއިޓް ( www.csc.gov.mv) އިން މި ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.
-މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އެޕްރީލް04 ވާ އަންގާރަ ދުވަހުގެ 13:45 ގެ ކުރިން، ރަތްމަންދޫ ސުކޫލް އޮފީހަ ށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
އީ-މެއިލްއެޑްރެހަކީ، admin@raiymandhooschool.edu.mvއެވެ.
*އެޕްލިކޭޝަން ފޯމް އާއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަންބާޠިލުކުރެވޭނެއެވެ.
*މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ%30އެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952905،7922776،7500096 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ admin@raiymandhooschoola.edu.mv އަށެވެ.
22 މާރިޗް 2017
23 ޖުމާދުލްއާޚިރާ 1438