ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލަށް ސްޕީޑް ލޯންޗެއް ހޯދުން

މިއިދާރާއަށް 12 މީހުންގެ ޖާގައިގެ (24 ފޫޓް) ސްޕީޑް ލޯންޗެއް ގަންނަން ބޭނުންވެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައި މިކަން އާންމުކޮށް އިޢުލާނު ކުރީމެވެ. މި މަސައްކަތް ކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 12 އޭޕްރީލް 2017 ވާ ބުދަ ދުވަހު 10:30 ގައި މިއިދާރާގައެވެ. މައުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މައުލޫމާތު ސާފުކުރެއްވި ފަރާތްތަކުގެ ތެރެއިން ބިޑް ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުން އޮންނާނީ 18 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ.

03 އޭޕްރިލް 2017
ހޯދާ