މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
އޯލެވެލް އިމްތިޙާނަށް ބޭނުންވާ ތަކެތި ރައްކާކުރާ ކޮޓަރި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މާކުރަތު ސްކޫލްގެ އޯލެވެލް އިމްތިޙާނަށް ބޭނުންވާ ތަކެތި ރައްކާކުރާ ކޮޓަރި އިމާރާތްކުރުމާ ގުޅޭ:

މި ސްކޫލުން ދޭ ސްޕެސިފިކޭޝަނާ އެއްގޮތަށް، އަމިއްލަ ތަކެތީގައި އޯލެވެލް އިމްތިޙާނަށް ބޭނުންވާ ތަކެތި ރައްކާކުރާ ކޮޓަރި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 2017 އޭޕްރީލް 24 ވާ ހޯމަދުވަހު ހެނދުން 10:00 ގައި މި ސްކޫލުގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2017 މެއި 2 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި މި ސްކޫލުގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ހޮވުމަށް ޕޮއިންޓް ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. މަސައްކަތުގެ އަގު: 65 ޕޮއިންޓް.
  2. މަސައްކަތް ނިންމުމަށް ހުށައަޅާ މުއްދަތު: 25 ޕޮއިންޓް.
  3. މަސައްކަތުގެ ތަޖުރިބާ: 5 ޕޮއިންޓް.
  4. މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލްކަމަށް: 5 ޕޮއިންޓް.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 އޭޕްރިލް 2017
ހޯދާ