ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ: (IUL)10-F/10/2017/14
އިޢުލާން
މި މިނިސްޓްރީގެ ފަރާތުން ލިޔެލާޖެހި ތަކެއްޗާއި، އެތަކެތި ލުމަށް ބޭނުންކުރާފޮށި ގަންނަން ބޭނުންވެގެން ކުރި މި މިނިސްޓްރީގެ ނަންބަރ: (IUL)10-F/1/2017/12 (09 އޭޕްރީލް 2017) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވަން އެއްވެސް ފަރާތަކުން ވަޑައި ނުގަންނަވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 މެއި 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 މެއި 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
29 ރަޖަބު 1438
26 އޭޕްރީލް 2017