ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން

                މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • އެއަރކޯން ސާމާނުތަކެއް        (ހަލާކުވެފައި)
  • 03 ޓިނު ޑަކްޓް             (ހަލާކުވެފައި)
  • ނައިޓްރޮޖަން ހުސްކުރި ފުޅި      (ހަލާކުވެފައި)
  • ޓޫލްސްތަކެއް               (ހަލާކުވެފައި)

                 މި ތަކެތީގެ ނީލަން ފެށޭ އަގަކީ 10,000.00 (ދިހަހާސް) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 200.00 (ދުއިސައްތަ) ރުފިޔާ އެވެ.

                 ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން 2017 މެއި 07 ވާ އާދީއްތަ ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު މިތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީއަގު އަދި އައި.ޑީ.ކާޑު ގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށް ފަހުު 2017 މެއި 07 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

                 މި ތަކެތި ބައްލަވައި ލައްވަން ބޭނުންވެ ވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު 7793503 ފޯނާ ގުޅުވުން  އެދެމެވެ.

                  06 ޝަޢުބާން 1438  

                  02 މޭ      2017 

04 މޭ 2017
ހޯދާ