ދިވެހިރާއްޖެ
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ނަމްބަރު: IUL)428-SDQ/1/2017/7)
ލެބޯޓްރީ އެސިސްޓެންޓް ކޯހުގެ ބައިވެރިންނަށް ތަމްރީނުދޭނެ ޓްރެއިނަރެއް ހޯދުމަށް
އިޢުލާން
ޓިވެޓް އޮތޯރިޓީއިން ހިންގުމަށް ހަމަޖެހިފައިވާ ލެބޯޓްރީ އެސިސްޓެންޓް ކޯހުގެ (ސެޓްފިކެޓް 3 އާއި، ސެޓްފިކެޓް 4) ބައިވެރިންނަށް ތަމްރީނު ދޭނެ ފަރާތަކެއް ހޯދަން ބޭނުންވެއެވެ.
ބޭނުންވާ މަޤާމް: ޓްރެއިނަރ
ބޭނުންވާ އަދަދު: 2 (އެކެއް)
މަސައްކަތުގެ މުއްދަތު: 10 (ދިހަ) މަސްދުވަސް.
އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ.
ގިންތި: ވަގުތީ
މަޤާމުގެ ފެންވަރު/ޝަރުޠު: (ލެބޯޓްރީ)
1. ލެބޯޓްރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. ލެބޯޓްރީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު 2 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
ލެބޯޓްރީ ކޯސް ކިޔަވައިދިނުމާ ގުޅޭ އެންމެހައި ކަންކަން ކުރުން.
މަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ.ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ.މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން
އިންޓަވިއުކުރުން:
ހ.ޓްރެއިނަރުން ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2017 ޖޫން 5 އާއި 10 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މަސައްކަތަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ޓްރެއިނަރއަކަށް އެދި ހުށަހަޅާ ސިޓީ.
ށ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
ނ- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވެލިޑޭޓްކޮށް، އެޓެސްޓްކޮށްފައިވާ)
ރ- ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ބ- އަދާކޮށްފައިވާ ވަޒީފާ ނުވަތަ ވަޒީފާތަކުގެ ހެކި
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ހ. ޣާޒީ ބިލްޑިންގ ގްރައުންޑް ފްލޯ) އަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017މޭ 31 ވަނަ ދުވަހުގެ 14:30 އެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3347422 ނަންބަރު ފޯނަށް ނުވަތަ 3341313 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
17މޭ 2017
21ޝަޢުބާން 1438