ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ހޯލް އިމާރާތުގެ 3 ކްލާސްރޫމްގައި ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް.

މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ހޯލް އިމާރާތުގެ 3 ކްލާސް ރޫމްގައި އަމިއްލަ ތަކެތީގައި ތަށިމުށިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމަށްއެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރ 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރ 2014/19 ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުން

24 މެއި 2017 ( ބުދަ ) ދުވަހުގެ 13:30 ގައި.

އެސްޓިމޭޓް ހުށައެޅުން

05 ޖޫން 2017 ( ހޯމަ ) ދުވަހުގެ 13:30 ގައި.

 

ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާން ކުރީމެވެ.

 

      25   ޝަޢުބާން   1438

        21 މެއި  2017

21 މޭ 2017
ހޯދާ