ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ(IUL)10-F/10/2017/18
އިޢުލާން
މި މިނިސްޓްއަށް 04 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެގެން ކުރި ނަންބަރ: (IUL)10-F/1/2017/15 (08 މެއި 2017) އިޢުލާނާއި ގުޅިގެން ހުށަހެޅުއްވި އަންދާސީ ހިސާބުތަކުގައި ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 މެއި 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 މެއި 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
26 ޝަޢުބާން 1438
22 މެއި 2017