މަގާމު: އޮފީސް އެސިސްޓެންޓް
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަސައްކަތުގެ މުއްދަތު:
|
1 (އެކެއް) އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)
|
މަސައްކަތުގެ ވަގުތު:
|
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 04:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)
|
އުޖޫރަ:
|
މަހަކު -/5,700 ރުފިޔާ
|
ފެންވަރު/ޝަރުތު:
|
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަގާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް / ހާސިލްކޮށްފައިވުން، ނުވަތަ
- ލިޔަން ކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާޟިލްކޮށްފައިވުން
|
މައިގަނޑު މަސައްކަތްތައް:
|
- އޮފީހުގެ އެތެރެއާއި ބޭރު ފޮޅާ ސާފުކުރުމާއި ސާފްކޮށް ބެލެހެއްޓުން.
- އޮފީހަށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށް އޮފީހުން ބޭރުގަ ކުރަންޖެހޭ ކަންތައްތައް ކުރުން.
- އޮފީހުން ބޭރުން ކުރަންޖެހޭ ރަސްމީކަންތައްތައް މުވައްޒަފުންނާއި ގުޅިގެން ކުރުން.
- ސިޓީފަދަ ތަކެތި ތަންތަނަށް ޙަވާލުކުރަން ދިޔުން.
- އެން.ސީ.އައި.ޓީގެ އިމާރާތާއި އޮފީހުގެ ތަކެތި ބެލެހެއްޓުމާއި އެތަކެއްޗަށް ލިބޭ ގެއްލުންތައް ބަލައި، އެން.ސީ.އައި.ޓީގެ ތަކެތި ބޭނުންކުރެވޭ ރަގަނޅު ޙާލަތުގައި ބެހެއްޓުމަށް އަމިއްލައަށް ކުރެވޭވަރުގެ މަރާމާތުތައްކޮށް އަދި އަމިއްލައަށް ހައްލު ނުކުރެވޭނެ މައްސަލަތައް މެއިންޓެނެންސް ޔުނިޓް އާއި ގުޅިގެން ހައްލުކުރުން.
- މެއިންޓެންސް އާއި ގުޅިގެން މުވައްޒަފުންގެ ފަރާތުން ލިބޭ ޝަކުވާތައް ދުވަހުން ދުވަހަށް ހައްލުކުރުމަށް މަސައްކަތް ކުރުން.
- މަތީގައިވާ މަސައްކަތުގެ އިތުރުންވެސް މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން އެމުވައްޒަފަކަށް މަސައްކަތެއް ޙަވާލުކޮށްފި ޙާލަތެއްގައި އެމަސައްކަތެއް ޙަވާލުކުރުވި މުއްދަތެއްގައި ކުރުން.
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ
|
ހުށަހަޅަންޖެހޭ ތާރީޙް: މިމަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް (jobs@ncit.gov.mv) ފޮނުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމޭލް ކުރައްވާނީ jobs@ncit.gov.mv އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: (960) 334 4000 ،ފެކްސް ނަންބަރު: (960) 334 4004
އީމޭލް އެޑްރެސް: jobs@ncit.gov.mv
ވެބްސައިޓް: www.ncit.gov.mv