މަޤާމް
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމްގެ ނަންބަރު:
|
J-273318
|
ބޭނުންވާ އަދަދު.
|
01
|
މަގާމުގެ ރޭންކާއި ކްލެސިފިކޭޝަން.
|
މިޑްލް މެނޭޖްމަންޓް ސަރވިސް ( ރޭންކް: އެމް.އެސް 3 )
|
އޮފީސް / އިދާރާ.
|
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
|
ޔުނިޓް.
|
އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް
|
މަސައްކަތްކުރަންޖެހޭތަން
|
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
|
މުސާރަ
|
މަހަކު -/7035ރުފިޔާ
|
ސަރވިސް އެލަވަންސް.
|
މަހަކު - /2000ރުފިޔާ
|
ގިންތި.
|
ދާއިމީ
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.
|
- އަތޮޅުގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތައް ބެލެހެޓުމަށް ކުރަންޖެހޭމަސައްކަތްތައް ރާވާ ހިންގުން
- ކައުންސިލަށް އާމްދަނީ ހޯދުމާއި އާމްދަނީ އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން
- ތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލާ ތަންފީޒުކުރުމާއި ތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭން ރިވިއުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން
- ކައުންސިލްގެ އަހަރީ މަސައްކަތުތާވަލް އެކުލަވާލުމާއި މަސައްކަތު ތާވަލުން ޔުނިޓާއި ހަވާލުކުރެވޭ މަސައްކަތްތައް ވިލަރެސްކޮށް ރާވާ ހިންގުން
- ތަރައްޤީގެ ޕްލޭނާއި، އެކްޝަން ޕްލޭނުގައި ހިމެނޭ ހަރަކާތްތައް ތަންފީޒްކުރުމަށްޓަކައި ބޭނުންވާ ފަންޑު ހޯދުމަށް ހަދަންޖެހޭ ޕްރޮޖެކްޓް ޕްރޮޕޯސަލް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ އެހީހޯދުމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- "އަތޮޅު ރައްޔިތުންގެ ފަންޑް"އާއި "ސްނާމީ ރިކަވަރީ ފަންޑް" ގެ އެންމެހާ ކަންތައް ހިނގާ ނުހިނގާ ގޮތް ބަލައި ފަންޑާބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުވައި މިފަންޑު ތަކާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން .
- ޔުނިޓުން ކުރާ މަސައްކަތާއި ގުޅިގެން އެކިފަރާތްތަކާއެކު ކައުންސިލުންކުރާ އެގްރިމަންޓްތައް ޑްރާފްޓްކޮށް އެ އެގްރިމަންޓްތައް ރިވިއު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން
- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން
- ޔުނިޓް ހެޑްގެ ހައިސިއްޔަތުން ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަހަރީ ޓާގެޓް ކަނޑައަޅާ މަސައްކަތް ހަވާލުކޮށް މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ޤަވާއިދުން މަސައްކަތުގެ ފެންވަރު ބެލުން
- ޔުނިޓްގެ ބެލުމުގެ ދަށުން ހިންގާ ކޮމެޓީތަކުގެ ކަންކަން ބެލެހެއްޓުން
- ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
- ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
|
މަގާމުގެ ޝަރުތައް
|
- ބިޒްނަސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ، ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ މާރކެޓިން މެނޭޖްމެންޓް ނުވަތަ ފައިނޭންސް އެންޑް ފައިނޭންޝަލް މެނޭޖްމަންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަންޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި ، 06 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ބިޒްނަސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ، ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ މާރކެޓިން މެނޭޖްމެންޓް ނުވަތަ ފައިނޭންސް އެންޑް ފައިނޭންޝަލް މެނޭޖްމަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
ނުވަތަ
- ބިޒްނަސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ މާރކެޓިން މެނޭޖްމެންޓް ނުވަތަ ފައިނޭންސް އެންޑް ފައިނޭންޝަލް މެނޭޖްމަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
ނުވަތަ
- ބިޒްނަސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ މާރކެޓިން މެނޭޖްމެންޓް ނުވަތަ ފައިނޭންސް އެންޑް ފައިނޭންޝަލް މެނޭޖްމަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
- ބިޒްނަސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ މާރކެޓިން މެނޭޖްމެންޓް ނުވަތަ ފައިނޭންސް އެންޑް ފައިނޭންޝަލް މެނޭޖްމަންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަންޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން)
- އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން)
- ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ
- އެހެނިހެން މަސައްކަތުގެ ތަޖުރިބާ
- ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު / ޕްރެކްޓިކަލްސް)
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
%30 (ތިރީސް އިންސައްތަ)
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި.
|
މަޤާމަށް އެދި ހުށަހަޅާނީ 20 ޖޫން 2017ވަނަ ދުވަހުގެ 12:00ގެކުރިން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
އީމެއިލް:secretariat@lhaviyani.gov.mv
|
ހުށަހަޅަންޖެހޭ ލިޔުންތައް.
|
- ވަޒީފާއަށްއެދި ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއިންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް (www.csc.gov.mv) ން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ސިވިލްސަރވިސްގެ ވަޒީފާއަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޟް ނުކުރާކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުއް ފެންނާނެހެން އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެފަދަ)
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ). މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީސެޓްފިކެޓް ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ރ) ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮއްފައިވާ އިދާރާތަކުން ދޫކޮއްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއްއަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2017 ޖުލައި 02 އިން 2017 ޖުލައި 13 އާ ދެމެދު ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ. ވީމާ މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއު އަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.
|
ޝޯޓް ލިސްޓްކުރުން.
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އުޖޫރައާއި އިނާޔަތްތައް:
|
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް
2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
އިތުރު މަޢުލޫމާތު
|
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6620331 ނުވަތަ 6620261 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލް ކުރެވޭނެވާހަކަ ދެންނެވީމެވެ.
|