ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާބެހޭ މަޢުލޫމާތު ހޯދުން

އިޢުލާން

ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާބެހޭ މަޢުލޫމާތު ހޯދުން: 

28 އޭޕްރީލް 2017 ގދ. ނަޑެއްލާގައި ހިނގައިދިޔަ އަލިފާނުގެ ޙާދިޘާއެއްގައި ތިރީގައިއެވާ ގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަނދާފައިވާ ކަމުގެ މަޢުލޫމާތު މި އިދާރާއަށްވަނީ ލިބިފައެވެ.  

 

ޢިމާރާތާއި ގޯތީގެ ނަން: ފާލްސާގެ / ގދ. ނަޑެއްލާ                      

ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ވެރިފަރާތުގެ ނަން: ޢަބްދުﷲ މޫނިސް / ފާލްސާގެ، ގދ. ނަޑެއްލާ

 

ވީމާ، މި ގޭގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ނުވަތަ ދިވެހިރާއްޖޭގެ އެއްވެސް ބޭންކެއްގައި މި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ މޯގޭޖް  ކޮށްފައިވާނަމަ  15 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

13 ރަމަޟާން 1438

08 ޖޫން  2017    

08 ޖޫން 2017
ހޯދާ