ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

 233832-J  

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

އީ.އެކްސް 1

މަޤާމްގެ ކްލަސިފިކޭޝަން

ޑިރެކްޓަރ

ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ޔުނިޓް

މަޤާމް އޮތް އޮފީސް:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން/ މާލެ

މުސާރަ:

-/8835 ރުފިޔާ

ސާވިސް އެލަވަންސް:

-/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަޖެޓްގެ އެކައުންޓްތަކާއި އަދި ބަޖެޓާނުބެހޭ ހުރިހާ އެކައުންޓްތަކެއްގެ ހިސާބުތައް މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ޤަވާއިދުން ބެލެހެއްޓެވުމާއި، ފައިސާއާއި ބެހޭގޮތުން އޯޑިޓް އޮފީހަށާއި އަދިވެސް އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ޤަވާޢިދުން ހަދާ ފޮނުވުން.
  2. އިންސްޓިޓިއުޓަށް ލިބޭ ބޭރުގެ އެހީގެތަކެއްޗާއި، ފައިސާގެ ރެކޯޑުތައް ޤަވާޢިދުން ބެލެހެއްޓެވުމާއި މިކަމާގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން .
  3. އޮފީހުގެ ޕްރޮކިއުމަޓާއިބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  4. ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުން،
  5. ތަފާތު ކޯސްތަކާއި ވާރކުސޮޕް އަދި ޓުރެއިނިންގ ފަދަ ކަންކަމަށް ގެނެވޭ ފަރާތްތަކަށް އެލަވަނަސްއާއި އިނާޔަތް ދިނުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ކުރަމުން ގެންދިއުން .
  6. ރާއްޖެއިން ބޭރުން ގެނެވޭ ކޮންސަލްޓަންޓުންނާއި، ވޮލެންޓިއަރުންގެ ދަތުރުފަތުރާއި އެކަމަޑޭޝަންއާއި އަދިވެސް ފައިސާއާއި ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.
  7. މަރުކަޒުގެ ދަށުގައިވާ ޢިމާރާތްތަކާއި، އެތަންތަނުގައި ހުންނަ އެންމެހާ ތަކެތި ބެލެހެއްޓުމާއި، ބާވާތަކެއްޗާއި ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަން ޖެހޭ ތަކެތި ނީލަމަށް ފޮނުވުމާއި ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ ކަންތައް ހަމަޖެހިފައިވާ ޤަވާއިދާއި އެއްގޮތަށް ކުރަމުން ގެންދިއުން.
  8.  މަރުކަޒު ހިނގަމުންދާ ޢިމާރާތް  މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމްހަމަޖެއްސުން.
  9. ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެތި ރާއްޖެއިންނާއި އަދި ރާއްޖެއިން ބޭރުން ހޯދާ ގެނެސްދީ ހެދުމުގެ އެންމެހާ އިންތިޒާމްތަކެއްކޮށް ބެލެހެއްޓުން.

10. އަތޮޅުތެރެއަށް ކުރަން ޖެހޭ ދަތުރުތަކާއި ގުޅިގެން ފައިސާއާ ބެހޭގޮތުން އިންތިޒާމް ކޮށްދޭންޖެހޭ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ހަމަޖެއްސައިދިނުން.

11. ކުއްޔަށް ހިފާފައިވާ އެންމެހާ ޢިމާރާތްތަކާއި އަދި ކުއްޔަށް ހިފަންޖެހޭ ޢިމާރާތްތަކާއި ބެހޭގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ޤަވާޢިދުތަކާއި އެއްގޮތަށް ކުރަމުން ގެންދިއުން.

12. އިންވެންޓްރީ ރަގަޅަށް ބެލެހެއްޓުން.

13. ފަސޭހަކަމާއިއެކު މުވައްޒަފުންނައް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުން.

14. ޔުނިޓްގެ ބައްދަލުވުންތައް ޤަވައިދުން ބާއްވާ ޔުނިޓްގެ މަސައްކަތްދާގޮތް ހަފްތާއަކު އެއްފަހަރު ޑިޕާޓްމަންޓްގެވެރިޔާއަށް ރިޕޯޓް ކުރުން.

15. ސިވިލް ސާރވިސްގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ޔުނިޓްގެ މުވައްޒަފުންގެ ޓާރގެޓް ރިވިއުކުރުމާއި އަދި އަހަރު ނިމުމުން މުވައްޒަފުން އެޕްރައިޒް ކުރުން.

16. ދަށުގައި މަސައްކަތްކުރާ މުއައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ބޭނުންވާ ލަފަޔާއި އިރުސާދު ދިނުން.

17. މި އިންސްޓިޓިއުޓްގެ މަސަކަތްތަކާގުޅޭގޮތުން އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް މަގުދައްކައި އަވަސް ހިދުމަތް ފޯރުކޮށްދިނުމަށް އެހީވެދީ މެހުމާންދާރީ އަދާކުރުން.

18. އެހެން ޑިޕާޓްމަންޓްތަކުން ރާވާ ހިންގާ ކަންކަމުގައި އެހީތެރިވުން.

މަޤާމްގެ ޝަރުތުތައް:

  1. އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

އެކައުންޓިން، ފައިނޭންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން 

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއުއިން.

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް    ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުތު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

ބ. މިމަޤާމަށް މީހަކު ހޮވުމުގައި އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މަސައްކަތް ކޮށްފައިވާ މުއްދަތާއި،ތަޖުރިބާއާއި ތަޢުލީމަށް އިސްކަންދެވޭނެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nie.edu.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖޫން 2017ވާ އންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ޢާޒީ ބިލްޑިންގ 02 ވަނަ ފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، administrator@nie.edu.mv  އެވެ. ފެކްސް ނަންބަރަކީ، 3323243 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ،  21 ޖޫން 2017  އާއި 06 ޖުލައި 2017 އާ ދެމެދު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30%

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މަރުކަޒުގެ ނަންބަރު 3323242ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ، 3323243 އެވެ. އީ-މެއިލް ކުރާނީ administrator@nie.edu.mv  އަށެވެ.

17 ރަމަޟާން 1438

 

12 ޖޫން 2017
ހޯދާ