ދިވެހިރާއްޖެ
ނަންބަރ: 36/IUL)22-G/22/2017)
އިޢުލާން
ގއ. އަތޮޅު ތައުލީމީ މަރުކަޒު (ގއ.ވިލިނގިލި) 9 ކްލާސްރޫމް 3 ބުރި ޢިމާރާތުގެ (ނުނިމި ހުރި) މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ގއ. އަތޮޅު ތައުލީމީ މަރުކަޒު (ގއ.ވިލިނގިލި) 9 ކްލާސްރޫމް 3 ބުރި ޢިމާރާތުގެ (ނުނިމި ހުރި) މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ (2014/19) (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341152 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.
19 ރަމަޞާން I 1438
14 ޖޫން 2017