ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރަކު ބޭނުންވެއްޖެ

މަޤާމް :ރިލީފް ޓީޗަރ
ބޭނުންވާ އަދަދު :1

ވަޒީފާ އޮތް އޮފީސް: ކުރިނބީ ސްކޫލް / ހދ. ކުރިނބި

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެކަޑަމިކް ސެކްޝަން، ކުރިނބީ ސްކޫލް  

މުއްދަތު: 03 މަސްދުވަސް

ގިންތި:  ވަގުތީ

 

މުސާރައާއި ޝަރުތު:  

ޝަރުޠު

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/4500 ރުފިޔާ

-/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/5500 ރުފިޔާ

-/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/6090 ރުފިޔާ

-/2500 ރުފިޔާ

   

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:

  • ޓައިމްޓޭބަލާއި އެއްގޮތަށް ކިޔަވައިދިނުން.
  • ކިޔަވައިދިނުމަށް ބޭނުންވާ ސްކީމް ތައްޔާރުކުރުމާއި، ޓެސްޓް ތައްޔާރުކުރުމާއި، ކިޔަވައިދިނުމާއިގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.
  • ދަރިވަރުންނަށް ހިންގާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ، ދަރިވަރުންނަށް ކާމިޔާބީ ހޯދައިދިނުމަށް މަސައްކަތްކުރުން.
  • ސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.
  • މުޖުތަމަޢާއި ސްކޫލާއި ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމަށް މަސައްކަތްކުރުން.

 

ހުށައަޅަންޖެހޭ ލިޔުންތައް:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (އެޕްލިކޭޝަން ފޯމު ކުރިނބީ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

   (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކޭޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިވަޒީފާއަށްއެދި ހުށައަޅަންޖެހޭ  ތަކެތި ހުށައަޅުއްވާނީ މިސްކޫލްގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ 2017 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  • ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި،ގާބިލް ކަމާއި ސިފަތައް.

 

އިންޓަވިއު:

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް، އޮންނާނެ ތާރީޚާއި ގަޑި އަންގާލެވޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

 

ނޯޓް:

މިމަޤާމަށް ހޮވޭ ފަރާތަށް އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:          ފޯން:   6520532                      

                     ފެކްސް:   6520532

 

  

23 ރަމަޟާން 1438

18 ޖޫން 2017
ހޯދާ