ދިވެހިރާއްޖެ
c
ރަތްމަންދޫ ސުކޫލް
މ.ރަތްމަންދޫ /ދިވެހި ރާއްޖެ ނަންބަރ:(IUL)GS-164/2017/06
އިޢުލާން
މި ސުކޫލް ގެ ހުޅަނގު ކޮޅުގެ ނަލަފިލައާއި ސީލިން ބަދަލް ކުރުން
މި ސުކޫލް ގެ ހުޅަނގު ކޮޅުގެ ނަލަފިލައާއި ސީލިން ބަދަލް ކޮއްދޭނެ ފަރާތެއް ހޯދުމައް ބޭނުން ވެއެވެ.
ވީމާ، މި ސުކޫލުންދޭ މަޢުލޫމަތާ އެއްގޮތައް އަމިއްލަތަކެތީގައި މިމަސައްކަތް ކޮއްދިނުމައް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސުކޫލައް ވަޑައިގެން މަ ޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފްކުރުން |
13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި. |
އަންދާސީ ހިސާބު ހުށަހެޅުން |
19 ޖުލައި 2017 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދެއްގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
އަދި ދަންނަވަމެވެ.މަ ޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 12:00 އަށް 7952905 ނަންބަރ ފޯނާއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އަންގާ އިޢުލާނުކުރީމެވެ.
27 ރަމަޟާން 1438
22 ޖޫން 2017