ގުޅީ ސްކޫލް
ދިވެހިރާއްޖެ
ހޯލް އިމާރާތުގައި ޕާރޓިޝަން ހަރުކުރުން

 

އިޢުލާން

 

 މި ސްކޫލުގެ ހޯލް އިމާރާތުގައި ޕާރޓިޝަން ހަރުކުރުމާއި ގުޅޭ

މި ސްކޫލުގެ ހޯލް އިމާރާތުގައި ޕާރޓިޝަން ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖޫން 29 ވާ ބުރާސްފަތި ދުވަހުގެ 15:00 ށް ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖުލައި 05 ވާ ބުދަ ދުވަހުގެ 14:00 ށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ރަމަޟާން 1438 ހ

22 ޖޫން 2017
ހޯދާ