ދިވެހިރާއްޖެ
އިންޝުއްރެންސް
އިޢުލާން
ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 2017 އޮގަސްޓު 15 އިން ފެށިގެން 1 އަހަރުދުވަހަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 ޖުލައި 23 ވާ )އާދިއްތަ) ދުވަހުގެ 14:00 އަށް މި ކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 އޮގަސްޓް 03 ވާ (ބުރާސްފަތި) ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
09 ޝައްވާލް 1438
03 ޖުލައި 2017