ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރ: (IUL)10-M/10/2017/22
އިޢުލާން
މިމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާ ތަކުގެ ތެރެއިން ވަރަށް ގިނަ ނޫސްމަޖައްލާތައް ގަވާއިދުން ނެރެމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ. ނޫސްމަޖައްލާ ފަދަ ތަކެތި ޝާއިޢުކުރުމާއި ބެހޭ ގަވާޢިދުގެ 29 ވަނަ މާއްދާގައިވާގޮތުން ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާފަދަ ތަކެތި ޤަވާޢިދުން 3 ފަހަރު ނުނެރި ހިނގައްޖެނަމަ އުވާލެވޭނެއެވެ.
ތިރީގައި މިދަންނަވާ ނޫސްމަޖައްލާތަަކަކީ ގަވާއިދުން ނެރެމުން ނުގެންދާ ނޫސްތަކެއްކަން މިމިނިސްޓްރީން ބެލިބެލުމުން ވަނީ ފާހަގަކުރެވިފައެވެ.
# |
އޮންލައިން ނޫސްތައް |
|
ނޫސް މަޖައްލާތައް |
01 |
ދިވެހި. ކޮމް .އެމްވީ |
01 |
ކުއިލް އެޑްސް |
02 |
އުތުރު އޮންލައިން |
02 |
ދަރިފުޅަށްޓަކާ |
03 |
ޓައިމްސް އެމްވީ |
03 |
ސަން |
04 |
ބީ 15 ޑޮޓް އެމްވީ |
04 |
މުދައްރިސް |
05 |
ސީއެންއެމް އޮންލައިން |
05 |
އަނގޮޅި |
06 |
އެން ނިއުސް |
06 |
ޔަގީން |
07 |
ތުޅާދޫ މަލަ |
07 |
އެކްސްޕްލޯ މޯލްޑިވްސް މެގަޒިން |
08 |
ވެލިދޫ ނިއުސް |
08 |
ވައިބް މެގަޒިން |
09 |
ފަތިސް |
09 |
ތިންހަމަ ޕްލަސް |
10 |
ރަށޮވެށި |
10 |
ރުމާލު 2 |
11 |
އެޑިޔު ދާލަ |
11 |
ސެލާސް |
12 |
ވިޔަފާރި އެމް.ވީ |
12 |
ހުޅުވެހި |
13 |
ފިޔެސް ނިއުސް |
13 |
ފިޔެސް ވީކްލީ |
14 |
އަސްލު |
|
|
15 |
ވިޔަފާރި މިއަދު |
|
|
16 |
ދުވަސް |
|
|
ވީމާ، 1 އޮގަސްޓް 2017 ވަނަ ދުވަހާއި ހަމައަށް ޤަވާޢިދުން ނެރެމުން ނުގެންދާ ނޫސްތަކާމެދު ނޫސްމަޖައްލާފަދަ ތަކެތި ޝާއިޢުކުރުމާބެހޭ ޤަވާޢިދުގެ 29 ވަނަ މާއްދާގައިވާގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
16 ޝައްވާލް 1438
10 ޖުލައި 2017