ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެޕާރޓްމެންޓްތަކެއް ކުއްޔައް ހިފުމާއި ބެހޭ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ބޭނުމަށް، ފަރުނީޗަރާއިއެކު 02 ކޮޓަރީގެ 04 އެޕާރޓްމެންޓް މާލެ/ހުޅުމާލެ އިން ކުއްޔަށް ހިފަން ބޭނުންވެގެން ކުރި ނަންބަރު: 116-F3/IFB/2017/23އިއުލާން ބާތިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން 4 އެޕާރޓްމެންޓަށްވުރެއް މަދުން ހުރިކަމުގައިވިއަސް ބީލަން ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި އެޕާރޓްމެންޓްތަކުގައި ތިރީގައިވާ އިޖުރާޢުތައް ފުރިހަމަ ވާންވާނެއެވެ.
-
"ފުލީ ފާރނިޝްޑް"
-
ޓީވީ
-
"ފުލީ އިކުއިޕްޑް ކިޗަން"
-
އެޕާރޓްމެންޓް މަރާމާތުކޮށް ބަލަހައްޓަންވާނީ ވެރިފަރާތުންނެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 ޖުލައި 17 ވާ ހޯމަދުވަހުގެ ހެދުނު 11:30 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް(bidinfo@macl.aero) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، އިނގިރޭސި ބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ޖުލައި 20 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖުލައި 20 ވާ ބުރާސްފަތިދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް bidinfo@macl.aero ، ވެބްސައިޓް www.macl.aero އަށެވެ.