ދިވެހިރާއްޖެ
ދިޔަދޮވި މަރާމާތުކުރުމާއިބެހޭ
މި ސްކޫލުގެ ދިޔަދޮވި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ
(IUL)GS-68-FN/GS-68/2017/1005 ( 06 ޖޫން 2017 ) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ކާމިޔާބުކުރި ފަރާތުން އަންދާސީ ހިސާބު ބާތިލުކުރުމަށް އެދިފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖުލައި 25 ވާ އަންގާރަ ދުވަހު 13:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖުލައި 31 ވާ ހޯމަ ދުވަހު 13:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.