ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ޞުލްޙަވެރިކަން ރައްޔިތުންނަށް- ސަމާލުކަން ތަހުޒީބަށް |
އުނގޫފާރު، ދިވެހިރާއްޖެ
ނަންބަރު: (IUL)303-AS/303/2017/24
އިޢުލާން
މިކައުންސިލްގެ ފަރާތުން ހިންގަމުންދާ ރައްޔިތުންގެ އިންޖީންގޭގެ އިރުމަތީ ފަރާތަށް އިމާރާތާއި ގުޅިގެން ބައެއް އިމާރާތް އިތުރު ކުރުމާއި ރާނަން ފަށާފައިވާ ވޯކްސޮޕް ބަޔާއި ގުދަން ހިމެނޭ އިމާރާތުގެ ނުނިމިވާ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލްގެ ފަރާތުން ހިންގަމުންދާ ރައްޔިތުންގެ އިންޖީންގޭގެ އިރުމަތީ ފަރާތަށް އިމާރާތާއި ގުޅިގެން ބައެއް އިމާރާތްކުރުމާއި ރާނަނަން ފަށާފައިވާ ވޯކްސޮޕް ބަޔާއި ގުދަން ހިމެނޭ އިމާރާތުގެ ނުނިމިވާ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ރައްޔިތުންގެ އިންޖީންގެ ހިމެނޭ އިމާރާތުގެ އިރައް ބައެއް އިތުރުކޮށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 07 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށެވެ. މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 10 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހު 11:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއަކާއި، ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލްގެ ފަރާތުން ހިންގަމުންދާ ރައްޔިތުންގެ އިންޖީންގޭގެ އިރުމަތީ ފަރާތަށް އިމާރާތާއި ގުޅިގެން ބައެއް އިތުރުކުރުމާއި ނުނިމިވާ ވޯކްސޮޕާއި ގުދަނުގެ ބައި އިމާރާތްކޮށް ދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.
ރައްޔިތުންގެ އިންޖީންގޭގެ އިމާރާތައް އިތުރުކުރެވޭ ބަޔާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ރައްޔިތުންގެ އިންޖީންގޭގެ މެނޭޖަރ އަޙްމަދު އަބްދުއްސަކޫރުގެ( މޯބައިލް ނަމްބަރ 9998591) އާއި ގުޅުއްވުން އެދެމެވެ.
ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.
ހުށަހަޅާ އަގަށް %70
މާލީ ތަނަވަސްކަމަށް % 10
މުއްދަތައް %20
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
09 ޒުލްގައިދާ 1438
01 އޮގަސްޓް 2017
އަބްދުންނާޞިރު ޢަލީ
ކައުންސިލްގެ ރައީސް