ދިވެހިރާއްޖެ
c
ރަތްމަންދޫ ސުކޫލް
މ.ރަތްމަންދޫ /ދިވެހި ރާއްޖެ ނަންބަރ:(IUL)GS-164/2017/07
އިޢުލާން
ސްކޫލްގެ ވަށާފާރު ( އަމިއްލަ ތަކެތީގައި ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
މި ސުކޫލްގެ ވަށާފާރު ( އަމިއްލަ ތަކެތީގައި ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމައް ކުރި އިޢުލާން ނަންބަރ (IUL)GS-164/2017/03 އާއި ގުޅިގެން 3 ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ ޢިއުލާން ބާތިލް ކޮއް އަލުން ޢިއުލާން ކުރީމެވެ.
މި ސުކޫލްގެ ވަށާފާރު ( އަމިއްލަ ތަކެތީގައި ) މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމައް ބޭނުން ވެއެވެ.ވީމާ، މި ސުކޫލުންދޭ މަޢުލޫމަތާ އެއްގޮތައް އަމިއްލަތަކެތީގައި މިމަސައްކަތް ކޮއްދިނުމައް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސުކޫލައް ވަޑައިގެން މަ ޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަ ޢުލޫމާތު ސާފްކުރުން |
14 އޮގަސްޓް2017 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި. |
އަންދާސީ ހިސާބު ހުށަހެޅުން |
20 އޮގަސްޓް2017 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދެއްގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
އަދި ދަންނަވަމެވެ.މަ ޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 12:00 އަށް 7952905 ނަންބަރ ފޯނާއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އަންގާ އިޢުލާނުކުރީމެވެ.
22 ޛުލްޤަޢިދަރ 1438
31 ޖުލައި 2017