ދިވެހިރާއްޖެ
c
ރަތްމަންދޫ ސުކޫލް
މ.ރަތްމަންދޫ /ދިވެހި ރާއްޖެ ނަންބަރ:(IUL)GS-164/2017/10
އިޢުލާން
އަމިއްލަ ތަކެތީގައި މި ސުކޫލްގެ ކަރަންޓް ވައިރު ބަދަލްކޮއްދޭނެ ފަރާތެއް ހޯދުމާއިބެހޭ
މި ސުކޫލްގެ ކަރަންޓް ވައިރު އަމިއްލަ ތަކެތީގައި ބަދަލްކޮއްދޭނެ ފަރާތެއްހޯދުމަށް ކުރި ނަންބަރ: (IUL)GS-164/2017/04އިޢުލާނާ ގުޅިގެން 3 ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ މި ސުކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތައް އަމިއްލަތަކެތީ ގައި މި މަސައްކަތް ކޮށްދިނުމައް ޝައުގުވެރި ވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސުކޫލައް ވަޑައިގެން މަ ޢުލޫމާތު ސާފްކުރެއްވުމަށް ފަހު ކަނޑަ އެޅިފައިވަ ތާރިޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންވަމެވެ.
މަ ޢުލޫމާތު ސާފްކުރުން |
15 އޮގަސްޓް 2017 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 01:00 ގައި |
އަންދާސީ ހިސާބު ހުށަހެޅުން |
21 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 01:00 ގައި |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދެއްގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 12:00 އަށް 7952905 ނަންބަރ ފޯނާއެވެ.
މިހެންވެ މިކަން އާންމުކޮށްއެންގުމަށްޓަކައި އަންގާ އިޢުލާނުކުރީމެވެ.
22 ޛުލްޤަޢިދަރ 1438
31 ޖުލައި 2017