ދިވެހިރާއްޖެ
އިޢުލާން
TCL/PROC-TA/2017/017 ނަމްބަރު:
ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިންކުއްޔަށްހިފުމަށް ކުރި އިޢުލާން ނަމްބަރ (TCL/PROC-TA/2017/013) އާއި ގުޅިގެން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިއާއި ގުޅިގެން ތާރީޚް ތަކަށް ވަނީ ބަދަލުގެނެވިފައެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ރަޖިސްޓްރީކުރުން |
ޓީސީއެލް ހެޑް އޮފީސް |
ރަސްމީ ދުވަސް |
15 އޮގަސްޓް 2017 އިން 22 އޮގަސްޓް 2017 އަށް |
09:00 އިން 13:00 އަށް |
ބީލަން ފޮތް ދޫކުރަން ފެށުން |
ޓީސީއެލް ހެޑް އޮފީސް |
ބުދަ |
23 އޮގަސްޓް 2017 |
09:00 ގައި |
ޕްރީ ބިޑް މީޓިންގ |
ފަހުން އިޢުލާން ކުރެވޭނެ |
އަންގާރަ |
29 އޮގަސްޓް 2017 |
10:30 ގައި |
ބިޑް ސެކިއުރިޓީ ހުށަހެޅުން |
ޓީސީއެލް ހެޑް އޮފީސް |
ރަސްމީ ދުވަސް |
30 އޮގަސްޓް 2017 އިން 17 ސެޕްޓެމްބަރ 2017 އަށް |
09:00 އިން 13:00 އަށް |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ފަހުން އިޢުލާން ކުރެވޭނެ |
ހޯމަ |
25 ސެޕްޓެމްބަރ 2017 |
13:30 ގައި |
- މުޅިން އަލަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 200.00ރ. (ދުއިސައްތަ ރުފިޔާ) ދަށްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
- ފުރަތަމަ ފަހަރަށް ކުރި އިޢުލާން ނަމްބަރ (TCL/PROC-TA/2017/001) އާއި ގުޅިގެން ރަޖިސްޓްރީ ކުރި ފަރާތްތަކުން ވެސް އަލުން ރަޖިސްޓްރީކުރައްވަން ވާނެއެވެ.
- ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5,000.00ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 17 ސެޕްޓެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.
ނޯޓް: ރެޖިސްޓްރީ ކުރެއްވުމަށާއި ބިޑް ސެކިއުރިޓީ ދެއްކުމަށް ވަޑައިގަންނަވާއިރު ކުންފުންޏެއްނަމަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ އަދި އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.
ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:
- ބީލަން ހުށަހަޅުއްވަންވާނީ ކުއްޔަށް ހިފަން އެދިލައްވާ ކޮންމެ ޕްލޮޓަކަށް ވަކިންނެވެ.
- ބީލަން ހުށަހަޅުއްވާފައިވާ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 120 ދުވަހަށް ވާންވާނެއެވެ.
- ބީލަން ހުށަހަޅުއްވަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
ބީލަން ހުށަހެޅުއްވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 17 ސެޕްޓެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ތަނެއް ފަހުން އިޢުލާން ކުރެވޭނެއެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ލިންކްތަކަށް ފިއްތާލައްވާ.
http://www.tcl.com.mv/v2/wp-content/uploads/2017/07/TA-013-2017-Plot-Details.pdf
http://www.tcl.com.mv/v2/wp-content/uploads/2017/08/Plots-for-lease-Zone-level-maps-tender-2.pdf
14 އޮގަސްޓް 2017
22 ޛުލްޤަޢިދާ 1438
Fen Building/ 4th floor ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514