ދިވެހިރާއްޖެ
އިޢުލާން
ދަރިވަރުންގެ އައު ޔުނީފޯމް ފަހާ ފޮތި އަދި ސެކަންޑް ޔުނީފޯމް ހޯދައިދޭނެ ފަރާތެއް ހޯދުމާއިބެހޭ
މި ސްކޫލްގެ ދަރިވަރުންގެ އައު ޔުނީފޯމް ފަހާ ފޮތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)GS-68-FN/GS-68/2017/1013 ( 23 ޖުލައި 2017 ) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 20 ވާ އާދިއްތަ ދުވަހު 13:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮގަސްޓް 23 ވާ ބުދަ ދުވަހު 13:00 އަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.