ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2017/32)
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: ވަގުތީ މަސައްކަތު
މަޤާމުގެ އަދަދު: 01
މަސައްކަތް ކުރާތަން: މަސްޖިދުލްތަރާހުމީ / އުނގޫފާރު ކައުންސިލް އިދާރާ
މުސާރަ: 3100.00 (ތިންހާސް އެއްސަތޭކަ ރުފިޔާ)
ސާރވިސް އެލަވަންސް: 1000.00 (އެއްހާސް ރުފިޔާ)
ފެންވަރު ނުވަތަ ޝަރުތު:
1- އުމުރުން 55 އަހަރު ފުރިފައިނުވުން
2- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
3- ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން
4- ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިކައުންސިލުން ލިބެން ހުންނާނެއެވެ.)
2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 07 ސެޕްޓެމްބަރ 2017، ބުރާސްފަތި ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 12 ސެޕްޓެމްބަރ 2017، އަންގާރަ ދުވަހު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.
07 ޒުލްހިއްޖާ 1438
29 އޮގަސްޓް 2017 ޢަބުދުއްނާޞިރު ޢަލީ
ކައުންސިލްގެ ރައީސް