ދިވެހިރާއްޖެ
މި މަދަރުސާގެ އޮފީސް އިމާރާތް ބޮޑުކުރުމުގެ މަސައްކަތާއި ގުޅޭ
އދ. ދިގުރަށު މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށްވާ ގޮތުގެ މަތިން އދ. ދިގުރަށު މަދަރުސާގެ އޮފީސް އިމާރާތް ބޮޑުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
19 ސެޕްޓެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް |
28 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހު 13:00 އަށް |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރު (2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު (2014/19) ( އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6680841 ނުވަތަ 9739664 ފޯނަށް ގުޅުއްވުން އެދެމެވެ.
16 ޒުލްހިއްޖާ 1438
07 ސެޕްޓެމްބަރ 2017