ދިވެހިރާއްޖެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ 151 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެމަތިން އެކުލަވާލައި ޤާނޫނީ ބާރު ލިބިފައިވާ މިދަންނަވާ ޤަވާޢިދުތައް ހިންގައި ނެގެހެއްޓުމަށްޓަކައި މިއިދާރާއިން އެކުލަވާލި އުޞޫލު ޢާއްމުކުރުމަށް އިޢުލާނުކުރަމެވެ.
1. ކުނިއުކާލުމާއި ކުނި ނައްތާލުމާބެހޭ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލި، "ކުނިއުކާލުމާއި ނައްތާލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު"
2. ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަފެން ހިންދުމާބެހޭ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާލި "ގޭގޭގެ ފުރާޅާއި ޢިމާރާތްތަކުން މަގުމައްޗަށް އަންނަފެން ހިންދުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު"
މަތީގައި ދަންނަވާފައިވާ 2 އުޞޫލުގެ ތެރެއިން "ކުނިއުކާލުމާއި ނައްތާލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އަށް ޢަމަލުކުރަންފަށާނީ ނިލަންދޫގައި މިހާރު ހަދަމުންގެންދާ ކުނިގޮނޑުގެ ( ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ) މަސައްކަތް ނިންމައި އެތަން ބޭނުންކުރަން ފެށުމުންނެވެ.
"ގޭގޭގެ ފުރާޅާއި ޢިމާރާތްތަކުން މަގުމައްޗަށް އަންނަފެން ހިންދުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަށް ޢަމަލުކުރަން ފަށާނީ 2017 އޮކްޓޫބަރު 01 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިއުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިއުޞޫލާ ޚިލާފަށްހުރިތަންތަން 2017 އޮކްޓޫބަރު 01 ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި އުޞޫލާ އެއްގޮތަށް ބަދަލުކޮށް ނިންމަން ޖެހެއެވެ. އެ މުއްދަތުގައި އުޞޫލާ އެއްގޮތަށް ބަދަލުކޮށް ނިންމަންޖެހެއެވެ. އެމުއްދަތުގައި އުޞޫލާ އެއްގޮތަށް ނުނިންމާ ހުންނަތަންތަން ބެލެހެއްޓުމާ ޙަވާލުވެ ތިއްބެވި ފަރާތްތަކާމެދު ޤަވާޢިދުން ފިޔަވަޅު އަޅަންޖެހެއެވެ.
މިއުޞޫލުތައް ނިލަންދޫ ކައުންސިލުން ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.
ގޭގޭފުރާޅާއި ޢިމާރާތްތަކުން މަގުމައްޗަށް އަންނަފެން ހިންދުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު |
|||||
.01 |
ތަޢާރަފު |
||||
|
(ހ) |
މިއީ، ނަމްބަރު: 2014/R-111 " ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާ ލެވިފައިވާ، " ޢިމާރާތްތަކުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ އުޞޫލް " އެވެ. |
|||
(ށ) |
ޢިމާރާތްތަކުން މަގުމައްޗަށް އަންނަ ފެން ހިންދުމުގައި ޢަމަލުކުރަންވާނީ މި އުޞޫލުގައިވާ ގޮތުގެ މަތިންނެވެ. |
||||
(ނ) |
މި އުޞޫލަށް ޢާންމުކޮށް ކިޔާނީ " ގޭގޭ ފުރާޅާއި ޢިމާރާތްތަކުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ އުޞޫލު" މިހެންނެވެ. |
||||
|
|||||
02. |
ޢަމަލުކުރަން ފަށާ ތާރީޚު |
||||
|
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2017 އޮކްޓޯބަރު 01 ވަނަ ދުވަހުން ފެށިގެންނެވެ. |
||||
03. |
މަގަށް ފެން ވެހޭގޮތަށް ހުރުން |
||||
|
|
(ހ) |
އެއްވެސް ޢިމާރާތެއް މަގަށް ފެންފަހިވާގޮތަށް (މަގަށް ފެންވެހޭގޮތަށް) ހިޔާކުރާނަމަ ހިޔާކުރަންވާނީ އެ ފުރާޅަކުން ފައިބާ ފެން މަގުމައްޗަށް ނުދާނެ ގޮތެއްގެ މަތިންނެވެ. |
||
|
|
(ށ) |
މިމާއްދާގެ (ހ)ގައިވާ ފަދައިން ޢިމާރާތެއް މަގަށް ފެންފަހިވާގޮތަށް (މަގަށް ފެންވެހޭގޮތަށް) ހިޔާކުރާނަމަ ޢިމާރާތުގެ އެ ފުރާޅުގައި ދިޔަދޮވި ހަރުކޮށް ހޮޅިގުޅައި ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނުދާގޮތް ހަދަންވާނެއެވެ. އަދި ދިޔަ ދޮވީގެ ހޮޅިން ފައިބާ ފެންވެސް މަގުމައްޗަށް ގޮސްގެން ނުވާނެއެވެ. |
||
|
|
(ށ) |
ޢިމާރާތުގައި ހަދައިފައި ހުންނަ ޓެރަސް، ބެލްކަނީފަދަ ތަންތަނަށް ޖަމާވާ ފެނާއި، އެއާރކޯން ފަދަ ތަކެތިން އުފެދޭ ފެން މަގުމައްޗަށް ފައިބާ ގޮތަށް ނުވަތަ މަގުމައްޗަށް އޮހޭ ގޮތަށް ހުރެގެން ނުވާނެއެވެ. |
||
|
|||||
04. |
ގޯތީގައި ހުންނަ ޢިމާރާތުން ވެހޭފެން ހިންދުން |
||||
|
|
(ހ) |
ގޯތީގައި ހަދާފައިވާ ޢިމާރާތް ނުވަތަ ޢިމާރާތްތަކުގެ ފުރާޅުގެ ފެން ހިންދަންވާނީ ގޯތި ތެރެއަށެވެ. މިދެންނެވިގޮތަށް ގޯތި ތެރެއަށް ފެން ހިންދުމުގައި ގޯތީގައި ބަހައްޓާފައި ހުންނަ ނަރުދަމާ ނިޒާމުގެ ޖަންކްޝަން ބޭނުން ކޮށްގެން ނުވާނެއެވެ. |
||
|
|
(ށ) |
ގޯތީގައި ހަދާފައިވާ ޢިމާރާތް ނުވަތަ ޢިމާރާތްތަކުގެ ފުރާޅުގެ ފެން ގޯތީ ތެރެއަށް ހިންދަން ދަތިވާ ފަރާތްތަކުން ރަށުކައުންސިލަށް ހުށަހެޅުމުން، އެގެއަކާއި ގުޅިފައިވާ މަގު، ނުވަތަ ގޯޅީގައި ފެންހިންދާގޮތަށް ވަޅެއް ނުވަތަ ޖަންކްޝަނެއް ބެހެއްޓުމުގެ ހުއްދަ ދެވިދާނެއެވެ. އަދި މަގުގައި ނުވަތަ ގޯޅީގައި ފެންހިންދުމަށް އެފަދަ އެއްޗެއް ހަދަންވާނީ ކައުންސިލުން ދޭ ނަމޫނާއަކާއި އެއްގޮތަށް ކައުންސިލުން ޤަބޫލުކުރާ ފެންވަރުގައެވެ. |
||
|
|
(ނ) |
މި މާއްދާގެ (ށ)ގައިބުނާ ފަރާތަށް ފެން ހިންދޭނެ މަގުފަހިކޮށް ދިނުމުގެ ގޮތުން އެ ގޯއްޗާ ގުޅިފައިވާ މަގު ގޯޅީގައި ފެން ހިންދާގޮތަށް ވަޅެއް ނުވަތަ ޖަންކްޝަނެއް ބެހެއްޓުމުގެ ހުއްދަ ދެވިދާނެއެވެ. ބުނެވިދިޔަގޮތަށް މަގު ގޯޅީގައި ފެން ހިންދުމަށް ބަހައްޓާ ވަޅު ނުވަތަ ޖަންކްޝަން ހަދަންވާނީ ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް ކައުންސިލުން ގަބޫލުކުރާ ފެންވަރުގައެވެ. |
||
|
|
(ރ) |
ޢިމާރާތުގައި ހަދައިފައި ހުންނަ ޓެރަސް ، ބެލްކަނީފަދަ ތަންތަނަށް ޖަމާވާ ފެނާއި އެއާރކޯންފަދަ ތަކެތިން އުފެދޭ ފެން ހިންދަންވާނީވެސް ގޯތި ތެރެއަށެވެ. |
||
|
|||||
05. |
އެހެނިހެންކަންކަން |
||||
|
|
(ހ) |
މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، މި އުޞޫލާއި ޚިލާފަށް ހުރި ތަންތަން މި އުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ލަސްވެގެން 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި ރަނގަޅުކުރަން ވާނެއެވެ. |
||
|
|
(ށ) |
މިއުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު " ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާޢިދު" ގެ 6 (ހައެއް) ވަނަ މައްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ. |
||
|
|
(ނ) |
މި އުޞޫލަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން މި އުޞޫލުގެ ސަބަބުން ނުވަތަ މި އުޞޫލާ ގުޅިގެން ނުވަތަ މި އުޞޫލަށް ޢަމަލުކުރުމުގައި ނުކުންނަ އެންމެހާއި މައްސަލަތަކާއި އަދި މި އުޞޫލުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް ކައުންސިލުން ފާސްކޮށް ނިންމާ ނިންމުންތައް މި އުޞޫލުގައި ހިމަނަންވާނެއެވެ. |
||
ކައުންސިލުން މި އުޞޫލު ފާސްކުރީ ކައުންސިލްގެ 3 ވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން، 2017 އޮގަސްޓު 30 ވަނަ ދުވަހުއެވެ.
# |
މަޤާމާއި ނަން |
ސޮއި |
ތާރީޚު |
1 |
ރައީސް މުޙައްމަދު ޖަލީލު |
|
30.08.2017 |
2 |
ނައިބުރައީސް ޢަލީ މުޙައްމަދު |
|
30.08.2017 |
ކުނިއުކާލުމާއި، ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު |
||||||||||||
.01 |
ތަޢާރަފު |
|||||||||||
|
(ހ) |
މިއީ، ނަމްބަރު: 2014/R-94 " ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާ ލެވިފައިވާ " ކުނި އުކާލުމާއި، ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ. |
||||||||||
(ށ) |
ކުނި އުކާލާއި ނައްތާލުމުގައި ޢަމަލުކުރަންވާނީ މި އުޞޫލުގައިވާ ގޮތުގެ މަތިންނެވެ. |
|||||||||||
(ނ) |
މި އުޞޫލަށް ޢާންމުކޮށް ކިޔާނީ " ކުނި އުކާލުމާއި، ނައްތާލުމުގައި ނައްތާލުމުގެ އުޞޫލު" މިހެންނެވެ. |
|||||||||||
|
||||||||||||
02. |
ޢަމަލުކުރަން ފަށާ ތާރީޚު |
|||||||||||
|
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ ނިލަންދޫ ކުނިގޮނޑުގެ (ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ) މަސައްކަތް ނިންމައި އެތަނުގެ ބޭނުން ކުރަން ފަށާތާރީޚުން ފެށިގެންނެވެ. |
|||||||||||
.03 |
ކުނިގޮނޑު |
|||||||||||
|
މި އުޞޫލުގައިވާ ގޮތުގެމަތިން ކުނި އުކާލުމަށް އަދި ކުނި ނައްތާލުމަށް ކަނޑައަޅާފައިވާ ކުނިގޮނޑަކީ ފ.ނިލަންދޫގެ އިރުމަތީ ސަރަޙައްދުން ކުނި އެޅުމަށާއި ކުނި ނައްތާލުމަށް ޚާއްޞަ ކޮށްފައިވާ ސަރަޙައްދު (ވޭސްޓް މެނޭޖްމަންޓް ސެންޓަރ) އެވެ. |
|||||||||||
|
||||||||||||
04. |
ކުނި އުފުލުން |
|||||||||||
|
(ހ) |
ކުނި ގޮނޑަށް ނުވަތަ އެނޫންވެސް ތަނަކަށް ކުނި ގެންދަންވާނީ ޢާންމުންނަށް އުނދަގޫ ނުފޯރާ ގޮތަށް ރަނގަޅަށް ނިވައި ކުރެވިގެންނެވެ. މީހެއްގެ އަތުން ވިޔަސް ނުވަތަ ކުނި އުފުލާ ޚާއްޞަ އުޅަނދެއް، ނުވަތަ ލޯރީ، ނުވަތަ ޕިކަޕު، ނުވަތަ ގާޑިޔާ، ވީލްބަރޯފަދަ އެއްޗެއްގައިވެސް ކުނި އުފުލަންވާނީ އެތަކެތި މަގުމައްޗަށް ނުފައިބާނެހެން ރައްކާތެރި ކޮށްގެންނެވެ. ކުނި އެޅުމަށް ޚާއްޞަކޮށްފައިވާ ތަންތަނަށް ނޫނީ ކުނި އެޅުމަކީ މަނާކަމެކެވެ. |
||||||||||
|
(ށ) |
ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ ވީހާވެސް އަވަހަކަށް އެތަނެއް ސާފު ކުރަންވާނެއެވެ. އަދި ކުނިއެޅުނު ތަނެއް ސާފު ނުކޮށްފިނަމަ މި އުޞޫލުގެ ބޭނުމަށް އެއީ މަގުމައްޗަށް ކުނިއެޅުން ކަމުގައި ބެލެވޭނެއެވެ. އަދި ކައުންސިލުން އެތަނެއް ސާފު ކުރުމަށްދިޔަ ޚަރަދު އެކަމަށް ޒިންމާވާ ފަރާތެއްގެ އަތުން އަތުލެވޭނެއެވެ. |
||||||||||
|
||||||||||||
05. |
ކުނިގޮނޑަށް ކުނިއެޅުން |
|||||||||||
|
(ހ) |
ކުނިގޮނޑަށް ކުނި އަޅަންވާނީ ކުނިގޮނޑުގައި އެކުންޏެއް އެޅުމަށް ޚާއްޞަ ކޮށްފައިވާ ތަނަކަށެވެ. ވަކިބާވަތެއްގެ ކުނިއެޅުމަށް ކަނޑައެޅިފައިވާ ތަނަކަށް އެނޫން ބާވަތެއްގެ ކުނި އަޅައިފިނަމަ ކުނިއުކަން ހަމަޖެހިފައިވާ ތަން ނޫން އެހެންތަނަކަށް ކުނިއެޅީކަމުގައި ބެލެވޭނެއެވެ. |
||||||||||
|
(ށ) |
ކުނިގޮޑުގައި މަސައްކަތްކުރާ މީހުން ފިޔަވައި އެހެން ފަރާތްތަކުން ކުނިގޮނޑަށް ކުނި ގެންދަންވާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 07:00 އިން 10:30 އާއި ދެމެދުގައެވެ. މިނޫން ޙާލަތްތަކުގައި ކުނި ގޮނޑަށް ކުނި ގެންދެވޭނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. |
||||||||||
|
||||||||||||
06. |
ކުނި އެންދުން |
|||||||||||
|
(ހ) |
ކުނިގޮނޑުގައި ކުނި އަންދަންވާނީ އެކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި ނުވަތަ އެކަމަށް ޚާއްޞަކޮށްފައިވާ މެޝިނުގައެވެ. |
||||||||||
(ށ) |
ކުނިގޮނޑުގައި ކުނި އެންދުން އޮންނާނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުގެ ހެދުނު 9:30 އިން 11:30 އަށެވެ. |
|||||||||||
(ނ) |
ސަރުކާރުގެ މުވައްސަސާތަކާއި، ކުންފުނި، ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ސްކޫލް ޓިއުޝަން ކުލާސް ފަދަ ތަންތަނާއި، ވިޔަފާރިކުރާ ތަންތަނާއި، އަމިއްލަ މީހުންގެ ގޯތިތަކާއި، ގޭބިސީތަކާއި، އަދި މިނޫންވެސް މިފަދަ ތަންތަނުން ކުނިގޮނޑަށް ނުގެންގޮސް ސީދާ އެބައެއްގެ ޚާއްޞަ ބެލުމުގެ ދަށުން އަންދަންޖެހޭ ލިޔެކިޔުންފަދަ ތަކެތި އެތަނެއްގެ ގޯތި ތެރޭގާ އެންދި ދާނެއެވެ. |
|||||||||||
(ރ) |
މި މާއްދާގެ (ނ)ގައިވާ ފަދަ ތަކެތި އަންދަންވާނީވެސް އެސަރަޙައްދުގައި ހުރި ސަރުކާރާއި އަމިއްލަ މީސް މީހުންގެ ޢިމާރާތާއި، އެތަންތަނުގައި އުޅޭ މީހުންނަށް ދަތިނުވާނޭ ގޮތެއްގެ މަތިންނެވެ. އަދި މިނޫން އެއްވެސް އެއްޗެއް އިސްވެދެންނެވުނު ތަނެއްގައި އަންދައިގެން ނުވާނެއެވެ. |
|||||||||||
(ރ) |
ގޭސް ރައްކާކުރެވިފައިވާ ތަކެއްޗާއި، ޕްލާސްޓިކު އަދި ފައިބަރުފަދަ ތަކެއްޗާއި، އެއެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވައިފާނެ ތަކެއްޗާއި، އެ އެއްޗެއް އެންދުމުގެ ސަބަބުން ޞިއްޙަތަށް ގެއްލުންވާފަދަ ތަކެތި، އަންދަންވާނީ ކުނިގޮނޑުގައި އެކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި ނުވަތަ ޚާއްޞަކޮށްފައިވާ މެޝިނުގައެވެ. |
|||||||||||
|
||||||||||||
07. |
ކުނި ޖަމާކުރުމާއި ބެހެއްޓުން |
|||||||||||
|
(ހ) |
ސަރުކާރުގެ މުވައްސަސާތަކާއި، ކުންފުނި، ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ސްކޫލް ޓިއުޝަން ކުލާސް ފަދަ ތަންތަނާއި، ވިޔަފާރިކުރާ ތަންތަނާއި، އަމިއްލަ މީހުންގެ ގޯތިތަކާއި، ގޭބިސީތަކާއި، އަދި މިނޫންވެސް މިފަދަ ތަންތަނުގައި ކުނި ބަހައްޓަންވާނީ ތިރީގައި ދަންނަވާފައިވާ ގޮތުގެމަތިން ކުނީގެ ބައިތައް ވަކިކޮށްފައެވެ. |
||||||||||
|
01 |
ކުނިވާ ޒާތުގެ ކާބޯތަކެތި. (މިތަކެތި ބަހައްޓަންވާނީ މަތިޖެހި ޓައްޕެއްފަދަ އެއްޗެއްގައެވެ.) |
||||||||||
02 |
ފަތްކުނި: (ފަތްކުނި ބަހައްޓަންވާނީ ކޮތަޅަކަށް ނުވަތަ ގޯންޏަކަށް އަޅާފައެވެ. ފަތްކުންޏާއެކު އެއްވެސް ވަރަކަށް ވެލިއަޅައިގެން ނުވާނެއެވެ.) |
|||||||||||
03 |
ދަގަނޑު، ދަގަނޑުދަޅު، އެލްމިނިޔަމް، ކޮޕަރ، ތިމަރަ ފަދަ އެންމެހާ ތަކެތި (މިތަކެތި ބަހައްޓަންވާނީ ގޯންޏެއްގައި ނުވަތަ ފަސޭހައިން ނަގައިގެން ގެންދެވޭފަދަ ގޮތަކަށެވެ.) |
|||||||||||
04 |
ޕުލާސްޓިކް ފުޅި، ކޮތަޅު، ޕްލާސްޓިކު ހަން، ފޮތި ފަދަ ތަކެތި (މިތަކެތި ބަހައްޓަންވާނީ ގޯންޏެއްގައެވެ.) |
|||||||||||
05 |
ބިއްލޫރީގެ ބާވަތްތައް (މިތަކެތި ބަހައްޓަންވާނީ މަތިޖެހި ޓައްޕެއްގައެވެ.) |
|||||||||||
06 |
ނެޕީއާއި ޕެޑްފަދަ ތަކެތި (މިތަކެތި ބަހައްޓަންވާނީ ކޮތަޅަކަށް ނުވަތަ ގޯންޏަކަށް އަޅާފައެވެ.) |
|||||||||||
07 |
އުނބު، ބޮނބި، ކުރުނބާ ފިހި، ކީސް ކުނޑި ފަދަ ތަކެތި (މިތަކެތި ބަހައްޓަންވާނީ ކޮތަޅަކަށް ނުވަތަ ގޯންޏަކަށް އަޅާފައެވެ.) |
|||||||||||
08 |
ނުރައްކާތެރި ކުނި: (އެސިޑް، ބެޓެރި، ކައްކާތެޔޮފިޔަވައި އެހެނިހެން ތެޔޮ، ގަސްކާނާގެގޮތުގައި ބޭނުންކުރާ ކެމިކަލްސްއާއި ޑަކްޓަރީ ބޭސްފަދަ ކެމިކަލް، ދޮވުމަށް ބޭނުންކުރާ ކެމިކަލް، ޞިއްޙީ މަރުކަޒުން އުފެދޭ ކެމިކަލް އަދި ބަލިމީހުންނަށް ފަރުވާދީފައި ބާކީ ވާއެންމެހާ ނުރައްކާތެރި ތަކެތި. (މިތަކެތި ބަހައްޓަންވާނީ މީގެ އެއްވެސް އެއްޗެއް ބޭރުނުވާގޮތަށް ޕްލާސްޓިކް ކޮތަޅެއް ނުވަތަ އެފަދަ އެއްޗެއްގައި ރައްކާތެރިކަމާއެކު ބަންދު ކޮށްފައެވެ. |
|||||||||||
|
(ށ) |
މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ތަންތަނުގައި ކުނި އުކާނުލައި ޖަމާކޮށްފައި 2 (ދޭއް) ދުވަހަށްވުރެ ގިނަ ދުވަހު ބަހައްޓައިގެން ނުވާނެއެވެ. އަދި ކުނީގެ ބާވަތްތައް ގޯތިން ނެރެ މަގުމަތީގައި ބަހައްޓައިގެން ވެސް ނުވާނެއެވެ. |
||||||||||
(ނ) |
ޚާއްޞަކޮށް މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ތަނެއްގައި މި މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތަށް ބަހައްޓާފައިވާ ކުނީގެ ތެރޭގައި ނުބައިވަސް ދުވާ އެއްޗެއް ނުވަތަ އުކައިނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ފަދަ އެއްވެސް އެއްޗެއް ބަހައްޓައިގެން ނުވާނެއެވެ. |
|||||||||||
(ބ) |
ގޯތިތެރޭގައި ބަހައްޓަން ދަތިވާ ވަރަށް އުފެދޭ އަދި އުފައްދާ ގާކުނޑިޔާއި ކަނޑާ ގިނަ ޢަދަދެއްގެ ރުއްގަސް ފަދަތަކެތި އުކާލެވެންދެން ބަހައްޓަންވާނީ ކައުންސިލްގެ ހުއްދަޔާއެކު ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް ކަނޑައަޅާ ތަނެއްގައެވެ. |
|||||||||||
|
||||||||||||
08. |
ކުނި އުކާލުމުގެ ޚިދުމަތް ދިނުން |
|||||||||||
|
(ހ) |
އެއްވެސް ފަރާތަކުން ކުނި އުކާލުމާއި، ކުނި ނައްތާލުމުގެ ޚިދުމަތް ދޭންވާނީ " ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދު" އާއި، މިއުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ތިރީގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ. |
||||||||||
(ށ) |
މި މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން ކުނީގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން އެ ޚިދުމަތް ދެވޭނީ ކައުންސިލަށް ހުށަހަޅައި ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. ހުއްދައަށް އެދި ހުށަހަޅާނީ އެކަމަށް ޚާއްޞަކޮށްފައިވާ ފޯމަކުންނެވެ. މީގެތެރޭގައި ރަށުކައުންސިލް އިސްތިސްނާވާނެއެވެ. |
|||||||||||
(ނ) |
ކައުންސިލުންފިޔަވައި ކުނީގެ ޚިދުމަތްދޭ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލަށް ކުނީގެ ފީ ނެގޭނެއެވެ. |
|||||||||||
|
01 |
ކޮންމެ ވައްތަރެއްގެވެސް ހަނޑޫ،ހަކުރު އަދި ފުށްބަސްތާ ސައިޒުގެ ކުނިގޯންޏަކަށް -/10 ރުފިޔާ |
||||||||||
02 |
ކޮންމެވައްތަރެއްގެ ވެސް ހިލަ އަދި ހިލަވެލި ހުސްކުރާ ސައިޒުގެ ކުނި ގޯއްޏަކަށް -/5 ރުފިޔާ |
|||||||||||
03 |
ބަދިގެބާކީ ނެޕީ ފަދަ 20 ލިޓަރުގެ ޓައްޕަކަށް -/10 ރުފިޔާ ޓައްޕަށް އަގުކަނޑަ އަޅާނީ ޓައްޕުގައި ކުނި ހުންނަ މިންވަރެއްގެ މައްޗަށެވެ. މިސާލު: 2/1 ޓައްޕު -/5 ރުފިޔާ |
|||||||||||
04 |
ޕިކަޕެއްގެ ކުންޏަށް -/50 ރުފިޔާ، ބޮޑު އަތް ގާޑިޔަލެއްގެ ކުންޏަށް -/30 ރުފިޔާ އަދި ކުޑަ އަތް ގާޑިޔަލެއްގެ ކުންޏަށް -/25 ރުފިޔާ، ބޮޑު ބަރޮލެއްގެ ކުންޏަށް 20/- ރުފިޔާ، ކުޑަ ބަރޮލެއްގެ ކުންޏަށް 15/- ރުފިޔާ |
|||||||||||
|
(ރ) |
މި މާއްދާގެ (ނ)ގައިވާ ގޮތުގެމަތިން ކުނި އުކާލުމުގެ ޚިދުމަތްދޭ ފަރާތްތަކުން ފީނެގޭގޮތަށް ކުނި ގޮނޑަށް އަޅާކުނީގެ ރެކޯޑު ދެފަރާތުންވެސް ބަލަހައްޓަންވާނެއެވެ. |
||||||||||
(ބ) |
މި މާއްދާގެ (ނ)ގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ކުނީގެ ފައިސާ ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން ކައުންސިލަށް ނުވަތަ ކައުންސިލުން އަންގާ ފަރާތަކަށް ދައްކަންވާނެއެވެ. |
|||||||||||
(ޅ) |
ކަނޑައަޅާފައިވާ ގޮތުގެމަތިން ކުނީގެ ފީގެގޮތުގައި ދައްކަންޖެހޭފައިސާ ނުދައްކައިފިނަމަ އެފަރާތަށް ދޫކޮށްފައިވާ ހުއްދަ ބާޠިލް ކުރެވޭނެއެވެ. އަލުން އެފަދަ ފަރާތަކަށް ހުއްދަ ދޫކުރެވޭނީ އެހާތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ. |
|||||||||||
|
||||||||||||
09. |
ކައުންސިލުން ކުނި އުކާލުމުގެ ޚިދުމަތް ދިނުން |
|||||||||||
|
(ހ) |
ކައުންސިލުންވެސް ކުނިއުކާލުމުގެ ޚިދުމަތް ދޭންވާނީ " ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދު" އާއި، މިއުޞޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ. |
||||||||||
(ށ) |
ކުނި އުކާލުމުގެ ޚިދުމަތް ދެވޭނީ އެ ޚިދުމަތް ރަޖިސްޓްރީ ކުރުމަށް އެދި އެކަމަށް ޚާއްޞަކޮށްފައިވާ ފޯމް ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުމުންނެވެ. |
|||||||||||
(ނ) |
ކުނީގެ ޚިދުމަތާގުޅިގެން އެހާތަނަށް ދައްކަންޖެހޭ ފައިސާއެއް ނެތްނަމަ، ކުނީގެ ޚިދުމަތުން ވަކިވުމަށް އެދި އެކަމަށް ޚާއްޞަކޮށްފައިވާ ފޯމް ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުމުން އެ ފަރާތެއް އެ ޚިދުމަތުން ވަކިކޮށް ދޭންވާނެއެވެ. |
|||||||||||
(ރ) |
މި މާއްދާގެ (ށ) އަދި (ނ)ގައިވާ ގޮތުގެމަތިން ކައުންސިލަށް ހުށަހަޅާ ފޯމްތަކަށް ލަސްވެގެން 03 ދުވަހުގެ ތެރޭގައި ކައުންސިލުން ގޮތެއް ނިންމައި އެކަން އެފަރާތަކަށް އަންގަންވާނެއެވެ. |
|||||||||||
(ބ) |
ކައުންސިލް މެދުވެރިވެގެން ކުނި އުކާލުމުގެ ޚިދުމަތް ހޯދާ ތަންތަނުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެތަންތަނުގައި ހުންނަ ކުނި ނަގައިގެން ކުނިގޮނޑަށް (ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް) ގެންދަންވާނެއެވެ. |
|||||||||||
|
01 |
ދިރިއުޅޭގެތަކާއި، ފިހާރަތަކާއި، ސައިހޮޓާތައް ފަދަ ތަންތަނަށް ދުވާލަކު އެއްފަހަރު. |
||||||||||
02 |
ކާޕެންޓްރީ ވޯކްޝޮޕް ފަދަ ތަންތަނުން މަދުވެގެން ހަފުތާއަކު 2 ދުވަހު. (ހޯމަ ބުރާސްފަތި) |
|||||||||||
03 |
މީހުން ދިރިނޫޅޭ ގޭގެއާއި ފަޅު ގޯތިތަކުން މަދުވެގެން މަހަކު 2 (ދޭއް) ފަހަރު. |
|||||||||||
04 |
ހައްޖުދުވަސް، އަޟުޙާ ޢީދުދުވަސް، ފިޠުރު ޢީދު ދުވަސް، ރަމަޟާންމަހު ފުރަތަމަ ދުވަސް، މިދުވަސްތަކު ކުނިނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ބަދިގޭގެ ބާކީއާއި ، ނެޕީ ފަދަ ކުނިވާޒާތުގެ ތަކެއްޗެވެ. |
|||||||||||
|
(ޅ) |
ކައުންސިލް މެދުވެރިކޮށް ކުނީގެ ޚިދުމަތް ހޯދާ ތަންތަނުން ކުނީގެ ބައިތައް ވަކިކޮށް ފަސޭހައިން ނަގައިގެން ގެންދެވޭނެގޮތަކަށް ވަކި ތަނަކަށް ޖަމާކޮށްފައި ބެހެއްޓުމަކީ ތަނުގެ ވެރިފަރާތުގެ ނުވަތަ ޙަވާލުވެހުރި ފަރާތުގެ ޒިންމާއެކެވެ. މިގޮތަށް އުކާލުމަށްޓަކާ ޖަމާކުރެވޭ ކުނި ހުންނަންވާނީ ގޯނި، ޓައްޕު ފަދަ ތަކެއްޗަށް އަޅާ ބަންދު ކޮށްފައެވެ. 2 މީހުންނަށް ނޫފުލޭވަރުގެ ބޮޑެތި ޖަންބޯ ބޭގަށް ކުނިއަޅާފައި ބަހައްޓައިގެން ނުވާނެއެވެ. |
||||||||||
(ކ) |
މީހުން ދިރިއުޅޭ ތަންތަނާއި ހޮޓާފަދަ ކާބޯތަކެތީގެ ބާވަތްތައް އުފައްދައި ކައިބޮއި ހަދާ ތަންތަނުން ހޯދާ، ކުނީގެ ޚިދުމަތަށް މަހަކަށް އަގުނަގާ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
|||||||||||
|
01 |
ކޮންމެ ގޭބިސީއަކުން 150/- ރ. (އެއްސަތޭކަ ފަންސާސް ރުފިޔާ) |
||||||||||
02 |
ސައިހޮޓާތަކުން 400/- ރ. (ހަތަރުސަތޭކަ ރުފިޔާ) |
|||||||||||
03 |
ގެސްޓުހައުސް ތަކުން ކޮންމެ ކޮޓަރިއަކުން 50/- ރ. (ފަންސާސް ރުފިޔާ) |
|||||||||||
|
(އ) |
ސަރުކާރުގެ މުވައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހޯދާ، ކުނީގެ ޚިދުމަތަށް މަހަކަށް އަގުނަގާ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
||||||||||
|
ގޯތީގެ ސައިޒު (އަކަފޫޓުން) |
ދުވާލަކު އެއްފަހަރު |
ދެދުވަހުން އެއްދުވަހު |
ހަފްތާއަކު އެއްދުވަހު |
މަހަކު ދެ ދުވަހު |
|||||||
|
5,000 ދަށް |
-/500 ރ. |
-/400 ރ. |
-/300 ރ. |
-/200 ރ. |
|||||||
5,001 ން 10,000 އަށް |
-/600 ރ. |
-/500 ރ. |
-/400 ރ. |
-/300 ރ. |
||||||||
10,001 ން 20,000 އަށް |
-/700 ރ. |
-/600 ރ. |
-/500 ރ. |
-/400 ރ. |
||||||||
20,001 ން 50,000 އަށް |
-/800 ރ. |
-/700 ރ. |
-/600 ރ. |
-/500 ރ. |
||||||||
50,000 މަތި |
-/900 ރ. |
-/800 ރ. |
-/700 ރ. |
-/600 ރ. |
||||||||
|
(ވ) |
މި މާއްދާގެ (ކ) އަދި (އ)ގައި ހިމަނާފައިވާ ތަންތަން ފިޔަވައި އެހެންތަންތަނުން ހޯދާ، ކުނީގެ ޚިދުމަތަށް މަހަކަށް އަގުނަގާ ގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
||||||||||
|
ތަނުގެ ނަން |
ދުވާލަކު އެއްފަހަރު |
ދެދުވަހުން އެއްދުވަހު |
ހަފްތާއަކު އެއްދުވަހު |
މަހަކު ދެ ދުވަހު |
|||||||
ވިޔަފާރިކުރާ ފިހާރަތަކުން |
-/400 ރ. |
-/300 ރ. |
-/200 ރ. |
-/100 ރ. |
||||||||
ކާޕެންޓްރީއާއި ވޯކްޝޮޕް ފަދަ ތަންތަނުން |
-/450 ރ. |
-/350 ރ. |
-/250 ރ. |
-/150 ރ. |
||||||||
މީހުން ދިރިނޫޅޭ ފަޅުގޯތި ތަކުން |
-/200 ރ. |
-/150 ރ. |
-/100 ރ. |
-/50 ރ. |
||||||||
އަމިއްލަސުކޫލް ޓިއުޝަން ކުލާސް ފަދަ ތަންތަނުން |
-/450 ރ. |
-/350 ރ. |
-/250 ރ. |
-/150 ރ. |
||||||||
ކުލަބު ޖަމްޢިއްޔާތަކުގެ އިދާރާތަކުން |
-/200 ރ. |
-/150 ރ. |
-/100 ރ. |
-/50 ރ. |
||||||||
|
(މ) |
ކުނީގެ ޚިދުމަތުގެ އަގަށް ދައްކަންޖެހޭ ފައިސާ ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލްގެ އިދާރާއަށް ނުވަތަ ކައުންސިލުން އަންގާ ފަރާތަކަށް ދައްކަންވާނެއެވެ. |
||||||||||
(ފ) |
ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުނީގެ ޚިދުމަތުގެ އަގު ނުވަތަ ފީ ނުދައްކާ އޮވެއްޖެނަމަ ދެން ކުނީގެ ޚިދުމަތުގެ އަގު ނުވަތަ ފީ ބަލައިގަނެވޭނީ އިތުރުވާ ކޮންމެ ދުވަހަކަށް -/1ރ. (އެއް ރުފިޔާ)ގެ ޖޫރިމަނާއާއި އެކުގައެވެ. (ދުވަސްތައް ގުނުމުގައި ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭނެއެވެ.) |
|||||||||||
(ދ) |
ކުނީގެ ފީ ނުދައްކައި މަހަކަށްވުރެ ގިނަދުވަސް ވެއްޖެނަމަ، ޚިދުމަތް ދިނުން މެދުކަނޑާލެވޭނެއެވެ. އަދި އަލުން ޚިދުމަތް ދޭންފެށޭނީ އެހާތަނަށް ނުދައްކާއޮތް ފައިސާއެއް ދެއްކުމުންނެވެ. |
|||||||||||
|
||||||||||||
10. |
ޚާއްޞަ ޙާލަތުގައި ނަގަންޖެހޭ ކުނި |
|||||||||||
|
ޚާއްޞަ ޙާލަތުގައި ނަގަންޖެހޭ ކުނިކަމަށްބަލާނީ ރުއްގަސްކޮށުމާއި ކެނޑުމުގެ ސަބަބުން އުފެދޭ ކުންޏާއި ގާކުނޑިއާއި، ޢާންމުގޮތެއްގައި އުފެދޭ ކުނިފިޔަވައި އުފެދޭ ނުވަތަ އުފައްދާ އާދަޔާ ޚިލާފު ގިނަ ކުންޏަށެވެ. ގާކުނޑި ކުނިގޮނޑަށް ގެންގޮސް ނައްތާލުމަށް ހަމަޖެހިފައިނުވާތީ ގާކުނޑި އަޅަންވާނީ ކައުންސިލުން އެކަމަށްޓަކައި ކަނޑައަޅާ ޚާއްޞަ ތަނަކަށެވެ. ގާކުނޑި އުކާލުމުގެ ކުރިން ކޮންމެ ފަހަރަކުވެސް ކައުންސިލުން ހުއްދަ ނަގަންވާނެއެވެ. ބޭނުމެއް ނެތްގޮތެއްގައި މިފަދަ ތަކެތި ގޯތިތެރޭގައި ނުބަހައްޓާ ވީއެއްމެ އަވަހަކަށް ނައްތާލަންވާނެއެވެ. |
|||||||||||
|
||||||||||||
11. |
އެހެނިހެން ކަންތައްތައް |
|||||||||||
|
(ހ) |
ކައުންސިލްގެ ހުއްދަ ލިބިގެންނޫނީ ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށްނޫނީ ކުނިގޮނޑަށް އުކާލާތަކެތީގެ ބޭނުން ހިފޭނޭ ޒާތުގެ ތަކެތި ނުވަތަ އެނޫންވެސް އެއްޗެއް ނަގައި، ބޭނުންކޮށްގެން ނުވާނެއެވެ. ނަމަވެސް ކައުންސިލުން ހުއްދަދޭ ނުވަތަ ކަނޑައަޅާ ފަރާތަކަށް އިސްވެ ދެންނެވުނު ފަދަ ތަކެތި ނަގައި ވިއްކައި ނުވަތަ ބޭނުން ކުރެވިދާނެއެވެ. |
||||||||||
|
(ށ) |
މިއުޞޫލުގެ 09 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކައުންސިލުންދޭ ކުނި އުކާލުމުގެ ޚިދުމަތުގައި ބައިވެރިވެފައިވާ ފަރާތެއް މެދުވެރިކޮށް މިޚިދުމަތުގައި ބައިވެރިނުވާ ފަރާތަކުން އޮޅުވާލައިގެން ކުނިނައްތާލަން މަސައްކަތްކުރުމަކީ މަނާކަމެކެވެ. |
||||||||||
|
(ނ) |
ފެންހިންދާ ވަޅުތަކުގައި އުފެދޭ ތަކެތި ގޯތިން ބޭރަށް ގެންދާނަމަ، ނައްތާލަންވާނީ ކައުންސިލުން ހަމަޖައްސާގޮތެއްގެ މަތިން އަތިރިމަތީގައެވެ. |
||||||||||
|
(ރ) |
މި އުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު " ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދު" ގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ. |
||||||||||
|
(ބ) |
މި އުޞޫލަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން މި އުޞޫލުގެ ސަބަބުން ނުވަތަ މި އުޞޫލާ ގުޅިގެން ނުވަތަ މި އުޞޫލަށް ޢަމަލުކުރުމުގައި ނުކުންނަ އެންމެހާއި މައްސަލަތަކާއި އަދި މި އުޞޫލުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް ކައުންސިލުން ފާސްކޮށް ނިންމާ ނިންމުންތައް މި އުޞޫލުގައި ހިމަނަންވާނެއެވެ. |
||||||||||
ކައުންސިލުން މި އުޞޫލު ފާސްކުރީ ކައުންސިލްގެ 3 ވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން، 2017 އޮގަސްޓު 30 ވަނަ ދުވަހުއެވެ.
# |
މަޤާމާއި ނަން |
ސޮއި |
ތާރީޚު |
1 |
ރައީސް މުޙައްމަދު ޖަލީލު |
|
30.08.2017 |
2 |
ނައިބުރައީސް ޢަލީ މުޙައްމަދު |
|
30.08.2017 |