ދިވެހިރާއްޖެ
ވަންދޫ ސްކޫލް
ތ.ވަންދޫ / ދިވެހިރާއްޖެ
މަޤާމް: ރިލީފް ޓީޗަރ
ބޭނުންވާ އަދަދު: 04
މަޤާމުގެ ގިންތި: ކޮންޓްރެކްޓް ( 3 މަސް )
ސެކްޝަން : އެކަޑެމިކް
ވަޒީފާއޮތް އޮފީސް: ވަންދޫ ސްކޫލް
ވަޒީފާ އަދާކުރަންޖެހޭ ތަން: ވަންދޫ ސްކޫލު / ތ.ވަންދޫ
މުސާރަ: މަހަކު -/4500ރ އާއި -/6090ރ ދެމެދު
ސަރވިސް އެލަވަންސް: މަހަކު -/1500ރ އާއި -/2500ރ ދެމެދު
އިތުރު އިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- މާސްޓަރ ޓައިމްޓޭބަލްގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ހާޒިރުވެ ކިޔަވައިދިނުން.
- ކިޔަވައިދިނުމާއި ގުޅޭ ސްކީމް އޮފް ވާރކާއި، ލެސަންޕްލޭނާއި، ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލާއި، ޓެސްޓު ޕޭޕަރުތައް ތައްޔާރުކޮށް، އިމްތިޙާންތައް ހިންގައި ޕޭޕަރުތައް މާރކުކޮށް، މާރކްސް ޝީޓްތަކާއި ރިޕޯޓު ފޮތްތައް ތައްޔާރުކުރުން.
- ހަވާލުކުރެވޭ ކޯކަރިކިއުލަރ ހަރަކާތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުން.
- ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ގަޑިތައް ނަގައިދިނުމާއި، ގަޑިތައް ރަނގަޅަށް ގެންދިއުމަށްޓަކައި ޓީޗަރެއްގެ ހައިސިއްޔަތުން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ދަރިވަރުންގެ ކުރިއެރުމަށް ފުންކޮށް، ފުޅާކޮށް ވިސްނުންބަހައްޓައި، ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.
- ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގާ ގޮތެއްގެ މަތީން ގެނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.
- ކްލަބް ނުވަތަ ހައުސްއެއް ހިންގުމަށް ހަވާލުކުރެވިއްޖެނަމަ، އެ ޒިންމާއެއް އަދާކުރުން.
- ސްކޫލުގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓީމް މެންބަރެއްގެގޮތުގައި ހަރަކާތްތެރިވުން.
މަޤާމުގެ ޝަރުޠު: ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން.
ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން |
މަހަކު -/4،500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން |
މަހަކު -/5500 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/6،090 ރުފިޔާ |
މަހަކު -/2500 ރުފިޔާ |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ސިވިލްސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، އައްޔަން ކުރުމުގެ މިންގަޑުތަކާއި އުޞޫލުތައް 2013 ގައިވާ ކަންކަމަށް ބެލެވޭނެއެވެ.
ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
ނ. ޤާބިލްކަމާއި ހުނަރު ކަށަވަރުކުރުމަށް ދެވޭ އިންޓަރވިއު އަދި އިމްތިޙާން
ހުށަހަޅަންޖެހޭ ލިޔުންތައް:
- 1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ތ.ވަންދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރވިސްގެ ވެބްސައިޓް www.csc.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.
- 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތއް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- 4. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވައިފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސާރވިސް ޓްރޭނިން އިސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
2. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.
3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސާރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުއްޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
ވަޒީފާއަށް އެދޭ ފޯމު ތ.ވަންދޫ ސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލްސާރވިސްގެ ވެބްސައިޓުން (www.csc.gov.mv)ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތ.ވަންދޫ ސްކޫލުގެ އޮފީހަށެވެ. އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާ ފައިވާނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ 2017 އޮގަސްޓް 20 ވާ އާދިއްތަ ދުވަހުގެ 1:30 ގައި ވަންދޫ ސްކޫލުގައެވެ. ވުމާއި އެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓްލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ، ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށްފެންން ފަރާތަކަށް މިވަޒީފާ ހަމަޖައްސަވައި ދެވޭނެ އެވެ.
21 ޛުލްޤައިދާ 1438
13 އޮގަސްޓް 2017