ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ފަޅުވެރި

ނަންބަރ: (IUL)241-A/241/2017/25

                 

                   އިޢުލާން:

 

މަޤާމް:                    ލޯންޗް ޑްރައިވަރ ) ކޮންޓްރަކްޓް އުސޫލުން )

 

އޮފީސް/ އިދާރާ:            ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

 

ސެކްޝަން:                އެޗް.އާރ. އެންޑް އިންފޮމޭޝަން

 

ވަޒީފާއަދާކުރަންޖެހޭތަން:        ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

 

މުސާރަ:                   މަހަކު -/3875 ރުފިޔާ

 

ސަރވިސް އެލަވަންސް:        މަހަކު -/1000 ރުފިޔާ

 

ބޭނުންވާ ޢަދަދު:             01

 

ރޭންކް:                   SS3

 

މަޤާމުގެ ޝަރުޠު:

          

  • ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު ކަނޑުއުޅަދު ދުއްވުމުގެ ލައިސަންސް ( 22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް ) ލިބިފައިވުން.
  • ކަނޑު އުޅަދު ދުއްވުމުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:

  • 1- އަތޮޅު ކައުންސިލް އިދާރާގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް ( ކައުންސިލް އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން ) ކުރުމުގައި ޑްރައިވަރު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
  • 2- އަތޮޅުކައުންސިލް އިދާރާގެ ކަނޑުއުޅަދުފަހަރު ދުއްވާއިރުގައާއި ފަޅުގައި އޮންނައިރު، އެއަށް ގެއްލުން ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް އުޅަދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އިންތިޒާމްކޮށް ހިންގުން.
  • 3- ކަނޑުއުޅަދު ފަހަރުގެ އިންވެންޓްރީގައި ހިމެނޭތަކެތި ރަނގަޅަށް ބަލަހައްޓައި، ހަލާކުވާ ތަކެތި މަރާމާތުކުރުމަށް އިދާރާގެ ކަމާއިބެހޭ ވެރިންނާއި މުވައްޒަފުންނާއި ވާހަކަދައްކާ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން އެކަން ހިންގުން.
  • 4- ދަތުރުނުކުރާ ބަންދު ނޫން ދުވަސްތަކާއި، ގަޑިތަކުގައި، އިދާރާއިން އަންގާ ގޮތެއްގެ މަތިން ރަސްމީގަޑީގައި އިދާރާގެ މަސައްކަތް ތަކުގައި ބައިވެރިވުން.

 

 

 

5       - އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވާ ގޮތަށް ކުރެވޭ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ،

              ޒިންމާދާރުވެރިޔާގެ އިރުޝާދުގެ މަތިން، ރަސްމީ ކަންކަމުގައި ޙަރަކާތްތެރިވުން.،

 

6-    ދިވެހި ސިވިލްސަރވިސްގެ ޤާނޫނާއި ޤަވާއިދުގައި ކަނޑައެޅިފައިވާ ކަންތައްތައް އޮޅުން ފިލުވައި އެއާއެއްގޮތަށް ވަޒީފާގެ

        މާހައުލުގައި ޢަމަލުކުރުން.

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

 

  • ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  •  
  • ފަޒީފާއަން އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އިމެއިލް އެޑްރެސް ހިމެނޭގޮތަށް )

 

  • ވަޒިފާއަން އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތްއް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއަލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުން.

 

  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެތްފިކެޓްތަކުގެ ކޮޕީ.

 

  (ހ)  މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލިމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި              ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިނަގާ ރާއްޖެއިންބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 

 (ށ)  ރާއްޖޭގައި ރަޖިސްޓްރީ ކޮއްގެން ހިންގާ މަތީތަޢުލީމްދޭ މަރުކަޒުތަކުން ކުރިއައްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ         ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމުގެ ކޮޕީ.

 

 (ނ)  ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕި.

 

  6   ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  7   ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަނަގައި ދިނިމުގެ ގޮތުން ސިވިލް                       ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

 

  8  މަސައްކަތުގެ ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

 

 (ހ) ސިވިލް ސަރވިސްއިން ބޭރުވަޒީފާއެއް އަދަކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް    ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ)   އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ފަޒިފާ އަދާކޮށްފައިވާނަމަ                                       ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ     އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

  08 އޮކްޓޫބާރ 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ގއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

  ފޯރމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

 

            01 އޮކްޓޯބަރ 2017

01 އޮކްޓޫބަރު 2017
ހޯދާ