އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނަންބަރ: (IUL) 453-AHR-2/1/2017/4

ވަޒީފާގެ ފުރުޞަތު

މަގާމު:

ޕްރޮކިއުމަންޓް އޮފިސަރ

މަގާމުގެ ނަންބަރު:

J-273122

ބޭނުންވާ ޢަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

އެމް.އެސް-1

މަގާމުގެ ކްލެސިފިކޭޝަން:

ސީނިއަރ  އޮފިސަރ ގްރޭޑް 2

ސެކްޝަން:

ލޮޖިސްޓިކް އެންޑް ޓެކްނިކަލް މެނޭޖްމަންޓް ސެކްޝަން

އޮފީސް:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް/ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

  1. ކޮއްތު ފައިސާ -/60ރ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)
  2. އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެ ޝަރުތުތައް

1- އެކައުންޓިންގ އެންޑް ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ޕަބްލިކްއެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބަޖެޓް އެންޑް ފައިނޭންސް ނުވަތަ ބިޒްނަސްދާއިރާއެއްގައި  2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- އެކައުންޓިންގ އެންޑް ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ޕަބްލިކްއެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެލެވެލް 5 ގެސަނަދެއްހާސިލުކޮށްފައިވުން. ނުވަތަ،

3- އެކައުންޓިންގ އެންޑް ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ޕަބްލިކްއެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބަޖެޓް އެންޑްފައިނޭންސް ނުވަތަ ބިޒްނަސް އާއިގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. އޮފީހަށް ބޭނުންވާ މުދާ ހޯދަން އެދުމުން، އެތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

2. ކޮންޓްރެކްޓްތައް ހަވާލުކޮށްފައިވާ ފަރާތްތަކާ ކޮންޓެކްޓްކޮށް، މަސައްކަތް ކުރިއަށްދާގޮތްބެލުމާއި، އެމަސައްކަތްތައް ކުރިއަށް ގެންދަނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި، މަސައްކަތް ނިމުމުން، ފައިސާ ދެއްކުމުގެ ކަންތައް ކުރިއަށް ގެންދިއުން.

3. މުދާ ގަންނައިރު، މުހިންމު އެއްޗިއްސަށް ސަމާލުކަންދީ، ފައިނޭންސް ސެކްޝަނާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިއުމާއި، މުދާ ލިބެމުންދާވަރަކަށް ޕީ.އޯ ރަޖިސްޓްރީއަށް އަޅައި އަޕްޑޭޓްކުރުމާއި، އިންވޮއިސް ލިބުމުން، އެ އިންވޮއިސްތައް ލަސްނުކޮށް ފައިނޭންސް ސެކްޝަނާހަވާލުކުރުން.

މަގާމު:

ހިއުމަންރިސޯސް އޮފިސަރ

މަގާމުގެ ނަންބަރު:

J-285685

ބޭނުންވާ ޢަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

އެމް.އެސް-2

މަގާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

އެޑްމިން އެންޑް އެޗް.އާރު ސެކްޝަން

އޮފީސް:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

ވަޒީފާއަދާކުރަންޖެހޭ ތަން:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް/ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ކޮއްތު ފައިސާ -/60ރ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)
  2. އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެގޮތުގައި މުސާރައިގެ %35.
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަގާމުގެ ޝަރުތުތައް:

1- ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސްގެމަސައްކަތާގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސްގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3- ހިއުމަންރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސްއާއި ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1. ސިވިލް ސަރވިސްގެ ގަވާއިދާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހާއްސަ ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުވައި، މަޢުލޫމާތު ސާފުކޮށްދިނުން.

2. ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއިއެއްގޮތަށް މުވައްޒަފުން ސަލާމް ބުނުމުގެ ކަންތައް ބެލެހެއްޓުމާއި ގަވާއިދާޚިލާފުވާ މައްސަލަތައް ހައްލުކުރުމަށް މުވައްޒަފުންނަށް މަޝްވަރާދީ އެފަދަ މައްސަލަތައް އިސްލާހުކުރުން.

3. އަޚްލާގީ މައްސަލަތަކާގުޅިގެން މުވައްޒަފުންނަށް އަޅަންޖެހޭ ކުށުގެ ދަރަޖައިގެ ފިޔަވަޅުތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.

4. އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/ނޯޓްފަދަ ލިޔުންތައްލިޔެ، ފޮނުވުމާއި ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

5. އަލަށް ވަޒީފާއަށްއެދޭ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުމާއި، ވިއުގަ ސިސްޓަމް މެދުވެރިކޮށް މުވައްޒަފުންގެ ވަޒީފާއާގުޅޭ މަސައްކަތްތައް ކުރުން.

6. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސްޓަކްޗަރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ ބަދަލަކާއެއްގޮތަށް ސިސްޓަމްއިން ސްޓަކްޗަރ ފާސްކުރުމަށް ފޮނުވުން.

7. މުވައްޒަފުންގެ ވަޒީފާބަޔާން ތައްޔާރުކުރުމާއި، ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކޮށް ނިންމުމާއި، މުވައްޒަފުންގެ އަހަރީޗުއްޓީގެ ކަންތައް ބެލެހެއްޓުން.

8. މުވައްޒަފުންގެ ރިޓަޔަރމަންޓް ސްކީމްގެ ކަންތައްތައް ގަވާއިދުން ބެލެހެއްޓުމާއި، ސެޕް ސިސްޓަމަށް މުވައްޒަފުންގެ ރެކޯޑްތައް އަޕްލޯޑް ކުރުމާއި، މުވައްޒަފުންގެ އެޕްރައިޒަލްގެ ކަންތައް ހިންގާ ބެލެހެއްޓުން.

9. މުވައްޒަފުންގެ ސްޓޭޓަސް ސެޕް ސިސްޓަމަށް އަޕްޑޭޓްކޮށް ލޯން އެޅުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ރިޓަޔަރމަންޓް ސްކީމް ކަނޑައަޅާފައިވާ އުސޫލުތަކާއެއްގޮތަށް ބެލެހެއްޓުމާއި، ހާޒިރީއާގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ސްޕަވައިޒަރަށް ހުށަހެޅުން.

10. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

(ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އިދާރާއިން މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް)

ހިއުމަން ރިސޯސް އޮފިސަރ އަދި ޕްރޮކިއުމަންޓް އޮފިސަރ މަގާމު

1- ތަޢްލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ %38)

2- އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާން) (ކަނޑައަޅާފައިވާ އިންސައްތަ %5)

3- މަސައްކަތުގެ ތަޖްރިބާއަށް (ކަނޑައަޅާފައިވާ އިންސައްތަ )

4- ލިބިފައިވާ ހުނަރު (އިންޓަވިއު/ޕްރެކްޓިކަލްސް) (ކަނޑައަޅާފައިވާ އިންސައްތަ %43)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށްއެދޭ ފޯމް މިނިސްޓްރީއޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުންނާއި ހުޅުލޭގައިހުންނަ މިކޮމާންޑުގެ ހެޑްކްއޯޓާރޒް އިން ލިބެންހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްއެންޑް ނޭޝަނަލް ސެކިއުރިޓީގެwww.defence.gov.mvއާއި މިކޮމާންޑްގެwww.avsecom.gov.mvމި ދެ ވެބްސައިންޓުން ވަޒީފާއަށްއެދޭފޯމް ޑައުންލޯޑްކުރެވޭނެއެވެ. ވަޒީފާއަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 2017 އޮކްޓޯބަރު 19ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑްނޭޝަނަލް ސެކިއުރިޓީއަށް ނުވަތަ ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީކޮމާންޑްގެ ހެޑްކްއޯޓާރޒް (ސްޓާފް ކުއާރޓަސް2، 1 ވަނަ ފަންގިލިފާ)އަށެވެ.ވަޒީފާއަށްއެދޭ ފޯމާއި ލިޔެކިއުންތައް އީ-މެއިލް މެދުވެރިކޮށްވެސްބަލައިގަނެވޭނެއެވެ. އީ- މެއިލް އެޑްރެހަކީadmin@defence.gov.mv, hr@avsecom.gov.mvއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހާޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލުވާނެއެވެ.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން) އޮންނާނެ ތަނާއި މުއްދަތު:

މި މަގާމުތަކަށް މީހުން ހޮވުމަށްބާއްވާ އިންޓަރވިއު އޮންނާނީ 2017 އޮކްޓޯބަރު 25 އިން 31 އާ ދެމެދު މިނިސްޓްރީއޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައެވެ.  ވުމާއެކުމި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށްހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަގާމުތަކަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %30 އިން ސައްތައަށްވުރެ މަތިވާންވާނެއެވެ. 

އިތުރު މަޢުލޫމާތު ހޯދުން:

މި އިއުލާނާގުޅިގެން މަޢުލޫމާތުސާފުކުރެއްވުމަށް ގުޅާނީ ފޯން:3013435,3013434- 3313724,3342967އެވެ. އީ-މެއިލް އެޑްރެސް hr@avsecom.gov.mv   -  hr@defence.gov.mvއެވެ.

 

              20 މުޙައްރަމް 1439

              10 އޮކްޓޯބަރު 2017

10 އޮކްޓޫބަރު 2017
ހޯދާ