ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: (IUL)303-AS/2017/44
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: ޑްރައިވަރ
މަޤާމުގެ އަދަދު: 1
މަސައްކަތް ކުރާތަން: އުނގޫފާރު ރައްޔިތުންގެ ވިޔަފާރި
މުސާރަ: 3565.00 ( ތިންހާސް ފަސްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ )
ސާރވިސް އެލަވަންސް: މުސާރައިގެ %30
ހާޒިރީ އެލަވަންސް: މުސާރައިގެ %20
މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
2- ހަތަރު ފޮރޮޅުލީ އުޅަނދު ފަހަރު ( ކާރު/ޕިކަޕް/ލޮރީ )ދުއްވުމުގެ އެއްގަމު ލައިސެންސް އޮތް ފަރާތެއް ކަމުގައިވުން.
3- ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން
4- ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 19 އޮކްޓޯބަރ 2017، ބުރާސްފަތި ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 23 އޮކްޓޯބަރ 2017، ހޯމަ ދުވަހު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.
26 ޒުލްޤައިދާ 1439
16 އޮކްޓޯބަރ 2017 ޢަބުދުއްނާޞިރު ޢަލީ
( ކައުންސިލްގެ ރައީސް )
ޣާޒީމަގު / ރ، އުނގޫފާރު ، ދިވެހިރާއްޖެQaazeemagu Raa. Ungoofaaru, Repulic of Maldives
ފޯން: 6580118 Telepone
އީމެއިލް: E- mail: ungoofaaruoffice@gmail.com