ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2017/40
އިޢުލާން
މިއަހަރުގެ ޖުމްހޫރީ ދުވަހާއި، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއަށް ތިރީގައި މިދަންނަވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
- ދޮށި މޭނާ މާލްމައާއި، ރަންނަބަޑޭރި މާލަމްގައި ޖަލްސާ ފެންނަ ގޮތަށް ސްކްރީން ބަހައްޓައި ދިނުން
- ރަންނަ ބަޑޭރި މާލަމް އެތެރެ ކުލަ ބޮކިން ދިއްލުން
- ދަރުބާރުގޭ ބޭރު ގޯތި ތެރޭގައި ހުރި ގަސްތަކަށް ލައިޓް އަޅުވައި، އެކިކުލައިން ދިއްލައި ދިނުން
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 އޮކްޓޫބަރު 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮކްޓޫބަރު 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
02 ޞަފަރު 1438
22 އޮކްޓޫބަރު 2017