ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ރަށްވެހިގެ 1 އަށް ބޭނުންވާ ފަރުނީޗަރ ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު: (IUL)231-ED/231/2017/70 (11 އޮކްޓޯބަރ 2017) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ، އެޢިމާރާތަށް ބޭނުންވާ ފަރުނީޗަރ ޑެލިވަރީ ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް 3 ވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ. |
||
ބިޑު ޑޮކިއުމަންޓްސްވިއްކުން
|
23 އޮކްޓޯބަރ 2017 އިން 31 އޮކްޓޯބަރ 2017 އަށް ބަންދުނޫން ދުވަސްދުވަހު 9:00 އިން 12:00 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ބިޑު ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާ އެވެ. އަތޮޅު ރަށްވެހިގެ1 އަށް ފަރުނީޗަރ ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: (IUL)231-ED/231/2017/62 (25 ސެޕްޓެމްބަރ 2017) އިޢުލާނު އަދި ނަންބަރު: (IUL)231-ED/231/2017/70 (11 އޮކްޓޯބަރ 2017)އިޢުލާނާ ގުޅިގެން ކުރިން ބިޑު ބައްލަވާގަތް ފަރާތްތަކުން، އަލުން ބިޑު ޑޮކިޔުމެންޓްސް ބައްލަވައިގަތުމަކާ ނުލައި ބިޑު ހުށަޅޭނެއެވެ. |
|
ބިޑް ހުށަހަޅަންވީ މުއްދަތު: |
ޕްރީބިޑު ބައްދަލުވުން އޮންނާނީ 31 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑް ހުޅުވުން އޮންނާނީ 02 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. |
|
އިތުރު މަޢުލޫމާތު: |
އިންފްރާ ސްޓްރަކްޗަރ އެންޑް އެކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ ޅ. ނައިފަރު، ދިވެހިރާއްޖެ، ފޯން: 6620331 ނުވަތަ 6620103، ފެކްސް: 6620043 އީމެއިލް: mohamed.ahmed@lhaviyani.gov.mv |