ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް IBM MaaS360 ސޮފްޓްވެއަރ ލައިސަންސް ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރު 164/1/2017/46 (IUL) އާއި ގުޅިގެން ދެވުނު މަޢުލޫމާތު ކަރުދާހުގައި އިބާރާތުގެ ކުށެއް އޮތުމާއި އެކު މިއިޢުލާން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ކުރިމަތި ލައްވަން ބޭނުން ފުޅުވާ ފާރާތްތަކުން 05 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) 10:00 ގައި ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ procurement@ncit.gov.mv އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.