ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ ބާވެ ހަލާކުވެފައިވާ ސާމާނުތަކެއް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
މި ތަކެތީގެ ނީލަން ފެށޭ އަގަކީ 7,000.00 (ހަތް ހާސް) ރުފިޔާއެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 500.00 (ފަސްސަތޭކަ) ރުފިޔާ އެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ނޮވެންބަރު 05 ވާ އާދީއްތަ ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު މިތަކެތި ބެއްލެވުމަށް ފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު އަދި އައި.ޑީ.ކާޑުގެ ފޮޓޯކޮޕީއަކާ އެކު ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށް ފަހުު، 2017 ނޮވެންބަރު 05 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު، ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.
މި ތަކެތި ބައްލަވައިލައްވަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު 9889188 ފޯނާ ގުޅުއްވުން އެދެމެވެ.
11 ޞަފަރު 1438
31 އޮކްޓޫބަރު 2017