ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައިޤާއިމް ކޮށްފައިވާ ފެނުގެނިޒާމް މަރާމާތު ކުރުމާއިގުޅޭ

      ތ.ވިލުފުށީ ބަނދަރު ސަރަޙައްދުން އޮޑި ދޯނި ފަހަރަށް ފެންދޫކުރުމަށް ޤާއިމް ކުރެވިފައިވާ ފެން އިސްކުރު ބަރިތަކުގައި ކުރަންހުރި ބައެއް މަރާމާތާއި ޕަންޕް ސްޓޭސަންގެ ދޮރު ހަދާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.   

      މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން، 2017 ނޮވެމްބަރ 05 ވާ އާދީއްތަ ދުވަހު 11:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި އޮންނާނެއެވެ. އަދި މިކަމަށްއެދި އަގު ހުށަހެޅުން، 2017 ނޮވެމްބަރ 09 ވާ ބުރާސްފަތި ދުވަހު 11:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި  އޮންނާނެއެވެ.

      މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 އޮކްޓޫބަރު 2017
ހޯދާ