ދިވެހިރާއްޖެ
އިޢުލާން
2018 ވަނަ އަހަރު ޕްރިންސިޕަލް ހުންނަވާނެ ގެއެއް ހޯއްދުން
2018 ވަނަ އަހަރު މިސްކޫލުގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ކުއްޔަށް ހިފަން ބެނުން ވެއެވެ. ވީމާ، ގެ ކުއްޔަށް ދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14ނޮވެމްބަރ 2017ވާ އަންގާރަ ދުވަހު 13:00ގައި މައުލޫމާތު ސާފުކުރުމަށް ފަހު 23 ނޮވެމްބަރ2017 ވާ ބުރާސްފަތި ދުވަހުގެ 13:00ށް ކުނަހަންދޫސްކޫލަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައި ގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ.
13 ޞަފަރު 1439
02 ނޮވެމްބަރ 2017
ސަތިސް ބާބޫ
ޕްރިންސިޕަލް