ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2017/43
އިޢުލާން
ސަރުކާރަށް 4 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން 16 ނޮވެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެރޭ ހެންވޭރު ކާނިވާ ސަރަޙައްދުގައި ބާއްވާ ރަސްމީ ޖަލްސާގެ ސްޓޭޖް ކޮންސެޕްޓް ޑިޒައިންހެދުމާ، ލައިޓިންނާ އަދި ލެޑް ސްކްރީން ބެހެއްޓުމާއި، ސައުންޑް ހެދުން ، މިމަސައްކަތްތައްކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ނޮވެންބަރު 2017 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
17 ޞަފަރު 1438
06 ނޮވެންބަރު 2017