ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑނަރނައިޓަށް ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

 

 

 

މި އިންސްޓިޓިއުޓުން އިންތިޒާމް ކޮށްގެން 2017 ނޮވެންބަރު 12 ން 13 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ ގާލަރ ނައިޓް ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު 3 ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން(ޣާޒީ ބިލްޑިންގ 02ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

08 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 11:00 ށް

09 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 11:00 ށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012511 ނަމްބަރ ފޯނާއެވެ.

 

 17 ޞަފަރު 1439

 06 ނޮވެމްބަރ 2017

06 ނޮވެންބަރު 2017
ހޯދާ