ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށި ސައިޓް ގައިހުރި ބާދަގަނޑުތަކެއް ޚާއްޞަ ނީލަމެއްގެ ގޮތުގައި ވިއްކާލަން ބޭނުންވެއެވެ. މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.
-
ނީލަން ކިއުން އޮންނާނީ 13 ނޮވެމްބަރު 2017 ހޯމަ ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓްގެ ، ފުރަތަމަ ފަންގިފިލާ ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.
-
މިތަކެތި ބެހެއްޓިފައިވަނީ އެމްޓީސީސީ ތިލަފުށި ސައިޓްގައި އެވެ.
-
މިތަކެތި ބައްލަވަންބޭނުންވެ ލައްވާފަރާތްތަކަށް ރަސްމީދުވަސްތަކުގެ ހެދުނު 09:00 – 14:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށިސައިޓަށް ވަޑައިގެންނެވުމުން ބެލޭނެ އިމްތިޒާމް ހަމަޖެހޭނެެވެ.
-
ނީލަންކިޔަނީ ގާތްގަޑަކަށް 500 ޓަނުގެ ބާދަގަނޑެވެ.
-
ނީލަމުގައި ބައިވެރިވުމަށް އެދި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިޕާރޓްމަންޓް ގައި ރަޖިސްޓްރީ ކުރެވި އަދި ސެކިއުރިޓީ ޑިޕޮސިޓް 10,000/- ރ (ދިހަހާސް ރުފިޔާ) 13 ނޮވެމްބަރު 2017 13:30 ގެ ކުރިން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށެވެ.
-
ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަގަބަހުން ނެވެ.
-
ނީލަން ފެށޭނީ ޓަނަކަށް -/1,000 ރުފިޔާގެ ރޭޓުންނެވެ.
-
ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/200 (ދުއިސްތަ ރުފިޔާ) ރުފިޔާއަށް ވުރެ ކުޑަނޫން އަދަދެއްހުށަ އަޅައިގެންނެވެ.
-
ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.
-
ނީލަންނިމޭތާ 7 ދުވަހުގެ ތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ،
-
ދަގަނޑު ދޫކުރެވޭނީ ރަސްމީދުވަސްތަކުގެ ހެނދުނު 09:00 ކުން ހަވީރު 14:00 އަށެވެ.
މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 3001484/3001476 ނަންބަރ ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.