ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2017/0032
ކުއްޔަށް ދޫކުރުން
އދ.ދިގުރަށް އެމްޓީސީސީ ފެރީ ޓާރމިނަލް އެޅުމަށް ކަނޑައެޅިފައިވާ ބިން ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުން (ދެވަނަ ގޮވާލުން):
އދ.ދިގުރަށް ފެރީ ޓާރމިނަލް އެޅުމަށް ކަނޑައެޅިފައިވާ 3371.00 އަކަފޫޓު ބިން އަމިއްލަ ޙަރަދުގައި ތަރައްޤީކުރާނެ ފަރާތަކަށް ދިގުމުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެގެން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާމިންވަރަށް ތަރުހީބުލިބިފައި ނުވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެމްބަރު 2017 ވާ ހޯމަ ދުވަހު 13:00 އަށް، މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މި ބައްދަލުވުމުގައި މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީހިސާބު ހުށައެޅުން އޮންނާނީ 21 ނޮވެމްބަރު 2017 ވާ އަންގާރަ ދުވަހު 14:15 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
19 ސަފަރު 1439
08 ނޮވެމްބަރު 2017
A subsidiary of MTCC