ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު މަގު ގޯޅިތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

                      ނަމްބަރ: IUL)244-ESMSMS/244/2017/51

                                އިޢުލާން                              

          ހއ.ތުރާކުނުގެ މަގު ގޯޅިތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ތިރީގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • 2300 މީޓަރ ކޭބަލް (4 އެމް.އެމް 2 ކޯގެ ޑަބަލް އިންސްލޭޝަން)
  • 50 ލެޑް ލައިޓް (50 ވޯޓް ހުދު އަލީގެ)
  • 15 ޓައިމަރ
  • 50 ބްރޭކަރ (B6)
  • 15 ބްރޭކަރ B10))

         ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތި ލެވޭނީ ޤާނޫނު ނަމްބަރު: 18/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރު: 19/2014 ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

         އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޟިރުވުން އެދެމެވެ. 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 23 ޞަފަރު  1439

12 ނޮވެންބަރު 2017
ހޯދާ